
ބ. އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށްގެން އަނެއްކާވެސް އޭދަފުށީގައި ނައިޓް މާކެޓެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އަންހެނުންގެ ކޮމެޓީން ބުނިގޮތުގައި މިފަހަރުގެ ނައިޓް މާކެޓަކީ އަންނަ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އާއްމުންނަށް ހެޔޮ އަގެއްގައި ތަކެތި ގަންނަން ލިބޭނެގޮތް ހަމަޖައްސައިދިނުމުގެ ގޮތުން ވިޔަފާރިވެރިންނަށާއި މިކަމަށް ޝައުގުވެރިވާ އާއްމުންނަށް ހުޅުވާލައިގެން ބާއްވާ ބާޒާރެކެވެ.
އެ ކޮމެޓީން ބުނީ ޖުލައި 6-7 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ފަހަރުގެ ނައިޓް މާކެޓްގައި ބަހައްޓާ ކޮންމެ މޭޒަކަށް 150ރ. ގެ ފީއެއް ނަގާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ބާޒާރުގައި ބައިވެރިވާން ބޭނުންވާ ބޭނުންވާ ފަރާތްތަކުން އޭދަފުށީ ކައުންސިލް އިދާރާގެ 6608303 ނަންބަރު ފޯނާ ގުޅުއްވައި އެ އިދާރާގައި ނަންނޯޓް ކުރުމަށް އޭދަފުށީ އަންހެނުންގެ ކޮމެޓީން އެދެއެވެ.
މި އަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައިގެން މާޗު މަހުތެރޭގައި ވެސް އެ ކޮމެޓީން ވަނީ ނައިޓް މާކެޓެއް ބާއްވައިފަ އެވެ.