ކިހާ މޯލްޑިވްސް ކަޓުވާލުމަށްފަހު ސްމޯލް މޯލްޑިވްސް ސެމީ ފައިނަލަށް

ކިހާ މޯލްޑިވްސް އާއި އަމިއްލަފުށީ ބައްދަލުކުރި މެޗުގެ ތެރެއިން

ބ. އަތޮޅު އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ކިހާދު މޯލްޑިވްސް މައްޗަށް 3-1 އިން ކުރިހޯދައި ދަ ސްމޯލް އައިލެންޑް މޯލްޑިވްސް (އަމިލައްފުށި) މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި މެޗާ އެކު ގްރޫޕް ބީގެ ހުރިހާ މެޗެއް ނިމުނުއިރު 4 ޕޮއިންޓާ އެކު މި ގްރޫޕުން ސެމީން ޖާގަ ލިބުނީ އަމިއްލަ ފުއްޓަށާއި ޑުސިޓް އަށެވެ. އެންމެ ފުލުގައި ކިހާ މޯލްޑިވްސް އަށް ޕޮއިންޓެއް ނުލިބެ އެވެ.

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީ ކޮޅުގައި އަނަންތަރާ އަށް މުހައްމަދު ޒަމީރު ވަނީ ލީޑު ނަގައިފަ އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ކިހާ މޯލްޑިވްސް އަށް އެއްވަރުކޮށްދިނީ އުނައިސް ޒުބައިރުއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމަށް ލީޑު ނަގައިދިނީ އަހްމަދު ސާޖިދު އެވެ. ފަހު ހާފުގައި ޒަމީރު އަމިއްލަފުއްޓަށް ވަނީ ތިން ވަނަ ލަނޑު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފަ އެވެ.

މިމުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް އޭ ގެ ފަހު މެޗެވެ. ސެމީގެ ފަހު ޖާގަ ލިބޭނީ މިތަނުން މޮޅުވާ ޓީމަކަށެވެ. މެޗު އެއްވަރުވެއްޖެ ނަމަ ސެމީގެ ފަހު ޖާގަ ލިބޭނީ އަނަންތަރާ އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.