އައްޑޫ ސިޓީ ބަލިކޮށް އޭދަފުއްޓަށް ރަނގަޅު ފެށުމެއް

މާލޭގައި އިއްޔެ ހަވީރު ފެށި އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން އައްޑޫ ސިޓީ ބަލިކޮށް އޭދަފުށީ ބެޑްމިންޓަން ޓީމުގެ ފެށުން ރަނގަޅުކޮށްފި އެވެ‏‎.‎

‏މާލޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ރޭ ކުޅުނު މެޗުގައި އައްޑޫ ‏‏ސީޓީއާ ބައްދަލުކޮށް އޭދަފުށި ބީޑީސީ މޮޅުވީ ތިންމެޗު މެޗު ދެ ‏‏މެޗުންނެވެ‏‎.‎

‏މި މުބާރާތުގައި އޭދަފުށި ކުޅޭ ދެ ވަނަ މެޗުގައި މިއަދު ހަވީރު ނުކުންނާނީ މ. އަތޮޅު ސޮސައިޓި ފޯ ޔޫތު އާ ދެކޮޅަށެވެ‏‎.‎

އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ތަށި މިލްކުކޮށްފައިވާ އޭދަފުށި ބީޑީސީ މިދިޔަ އަހަރު ވަނީ ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިސަންގައި ވެސް ވާދަކޮށްފަ އެވެ. ނަމަވެސް މިފަހަރު ވާދަކުރެވޭ ވަރަށް ކުޅުންތެރިން ނެތުމުގެ ސަބަބުން އެޓީމު ބައިވެރިވީ އަތޮޅު ލީގުގަ އެވެ.

ނަމަވެސް އޭދަފުށީ ބެޑްމިންޓަން ޓީމުގެ ހުސައިން މުހައްމަދު އާއި އަބްދުލް މަތީން ދެވަނަ ޑިވިސަންގެ ޗެމްޕިއަން ކްލަބް ސްޓެޓިކް އަށް ވެސް މިއަހަރުގެ މުބާރާތުގައި ކުޅޭނެ އެވެ.

‏މިއަހަރު މުބާރާތުގެ އަތޮޅު ލީގުގެ ޓީމު އިވެންޓް ކެޓަގަރީގައި 5 ޓީމު ވާދަކުރެ އެވެ‏‎.‎‏ ‏

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.