އުފެއްދުންތެރިކަމުގެ ދާއިރާއިން ޒުވާނުންގެ އެވޯޑް ދަރަވަންދޫ ޒުވާނަކަށް

ރައީސް ޔާމީން، ހުސައިން އަށް ރޭ އެވޯޑް ދެއްވަނީ

އާޓްސް އެންޑް ކަލްޗާ ނުވަތަ އުފެއްދުންތެރިކަމުގެ ދާއިރާއިން ޒުވާނުގެ އެވޯޑް ބ. ދަރަވަންދޫ ތަހުމީނާ ހައުސް، ހުސެން ޝިހާމް އަށް ލިބިއްޖެ އެވެ.

ހުސައިން އަކީ 2002 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ 16 އަހަރު ފޮޓޯ ގްރަފީގެ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ނަމޫނާ ޒުވާނެކެވެ. މިއަދު އޭނާ އަކީ ފޮޓޯ ގްރަފީގެ އިތުރުން މާކެޓިން އެޑްވަޓައިސިން އަދި ޕަބްލިޝިންގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނެކެވެ. އޭނާ އެންމެ ފުރަތަމަ މިދާއިރާއަށް ނުކުމެފައިވަނީ 2002 ވަނަ އަހަރު ފައްޔާޒު ފޮޓޯ ގަރްފީގެ އެސިސްޓެންޓެއްގެ ގޮތުގަ އެވެ. އެތަނުގައި މަސައްކަތް ކުރުމަށްފަހު ލިބުނު ފުރުސަތެއްގައި 2003 ވަނަ އަހަރު އެފްޑީއައި ސްޓޭޝަންގައި ސީނިއާ ފޮޓޯގްރާފަރެއްގެ ގޮތުގައި 5 އަހަރު މަސައްކަތް ކުރި އެވެ.

އަދި މި ދާއިރާގަިއ އަމިއްލަ މަސައްކަތް ކުރުމަށް 2007 ވަނަ އަހަރު އަމިއްލަ ކުންފުންޏެއްގައި ހަދައި އިސްތިހާރު ކުރުމާއި މާކެޓް ކުރުމާއި ފޮޓޯ ގްރަފީގެ މަސައްކަތް ކުރަންވަނީ ފަށައިފަ އެވެ.

އެއަށްފަހު 2011 ވަނަ އަހަރު އަމިއްލަ އެޑްވަޓައިސިން ފާމެއް ހަދައި އެތަނުގެ ސީއީއޯގެ ހައިސިއްޔަތުން މުހިއްމު ކާމިޔާބު މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ، އެގޮތުން ޓޫރިޒަމް މަޖައްލާއެއް ކަމަށްވާ މައި މޯލްޑިވްސް ކިޔާ މަޖައްލާއެއްނެރި ލައިފް ސްޓައިލް މެގަޒިނެއް ނެރެ އޭގެ 13 މެގަޒިން މިހާތަނަށް ޕަބްލިސް ކޮށްފައިވެ އެވެ.

މީގެ އިތުރުން އޭނާގެ މޭސްތިރިކަމުގެ ދަށުން މިހާތަނަށް ރާއްޖޭގެ މަޝްހޫރު ގިނަ ރިސޯޓްތަކެއްގެ މާކެޓިން އަދި ބްރޯޝާތަކަށް ބޭނުންވާ ފޮޓޯ ނެގުމާއި ރާއްޖޭގެ މަޝްހޫރު ގިނަ ވިޔަފާރިތަކުގެ އިސްތިހާރުތައް ހެދުމާއި ޕްރޮމޯޓް ކުރުމުގައި ވެސް އޭނާ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

މިއަދު އޭނާ އަކީ މުޖުތަމައު ހޭލުންތެރި ކުރުމުގައި ވެސް މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތެކެވެ. މިއާއެކު ފޮޓޯ ގްރަފީގެ ދާއިރާއިން ވޭތުވެދިޔަ 16 އަހަތުގެ ތެރޭގައި 200 އަށްވުރެ ގިނަ ކުދިން އެކި ގޮތްތޮތުން އޭނާ ތަމްރީން ކޮށްފައިވެ އެވެ. މީގެ އިތުރުން ޒުވާނުންނާއި އަންހެހުން ބާރުވެރި ކުރުމަށްޓަކައި ހިންގަމުންދާ ރަފީ ޖަމިއްޔާގެ ނައިބް ރައީސް ހައިސިއްޔަތުން މި ޖަމިއްޔާގެ ތެރެއިން 450 އަށްވުރެ ގިނަ ޒުވާނުންނަށް ލީޑަޝިޕް ޓްރޭނިންގ ވެސް ދީފައިވެ އެވެ

ހުސައިން އަކީ މިއަދު އޭޝިޔާގެ އިންޓަނޭޝަނަލް ޔޫތު ކޮމެޓީގެ އެމްބެސެޑަރެއްވެސް މެ އެވެ.

ޒުވާނުންގެ އެވޯޑު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެކި ދާއިރާތަކުން އިނާމު ލިބުނު ޒުވާނުންނަށް އެވޯޑާއި ސެޓްފިކެޓާއެކު 25،000ރ.ގެ ފައިސާގެ އިނާމެއް ދިންއިރު، ކުއްލި ހާލަތެއްގައި ނުވަތަ އާދަޔާ ޚިލާފު މަސައްކަތެއް ކުރިކަން ފާހަގަކޮށް ޝަހީދު ޖަމާލު އުމަރުގެ ނަމުގައި ޒުވާނަކަށް ހަނދާނީ ފިލައެއް ދިނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.