ޔޫސީމަސް އޭދަފުށީ ދަރިވަރުން ކާމިޔާބީތަކެއް ހޯދައިފި

“ޔުސިމަސް ނެޝަނަލް ކޮމްޕެޓިޝަން” ގައި ބައިވެރިވެ ޑިސްޓިންގްޝަން ހޯދި އޭދަފުށީ ޔޫސީމަސް ސެންޓަރުގެ ދަރިވަރުން

ގައުމީ ފެންވަރުގައި ބޭއްވި ޔޫސީމަސް މުބާރާތެއްގައި ވާދަކޮށް ޔުސީމަސް އޭދަފުށީ ސެންޓަރުގެ ދަރިވަރުންތަކެއް ކާމިޔާބީތަކެއް ހޯދައިފި އެވެ.

އެ ސެމްޓަރުގެ 13 ދަރިވަރަކު ވަނީ މިމަހު މާލޭގައި އޮތް “ޔުސިމަސް ނެޝަނަލް ކޮމްޕެޓިޝަން” ގައި ބައިވެރިވެފަ އެވެ. މި މުބާރާތުން އެ ސެންޓަރުގެ ފާތުމަތު ސަދީ ވަނީ އެލިމެންޓްރީ އޭ ލެވެލް އިން އެއްވަނަ އަދި މުޅި މުބާރާތުން ތިންވަނަ ހޯދައިފަ އެވެ. މި މުބާރާތުގައި މާލޭ ޔޫސީމަސް ސެންޓަރުންނާއި އަތޮޅު ތެރޭގެ ޔޫސީމަސް

ފާތުމަތު ސަދީ. އޭނާ ވަނީ އެލިމެންޓްރީ އޭ ލެވެލް އިން އެއްވަނަ އަދި މުޅި މުބާރާތުން ތިންވަނަ ހޯދައިފައި

ސެންޓަރުތަކުން ވެސް ދަރިވަރުން ވާދަކުރި އެވެ.

މީގެ އިތުރުން އޭދަފުށީ ޔޫސީމަސް ސެންޓަރުގެ 9 ދަރިވަރުން ވަނީ މި މުބާރާތުން ޑިސްޓިންގްޝަން އެވޯޑް ވެސް ހޯދައިފަ އެވެ.

އޭދަފުށީ ޔޫސީމަސް ސެންޓަރުގެ ފައުންޑާ އައިޝަތު ރިޝްމީ ވިދާޅުވި ގޮތުގައި މިއީ ގައުމީ ފެންވަރުގައި ބޭއްވި ޔޫސީމަސް މުބާރާތެއްގައި ފުރަތަމަ ފަހަރަށް ބައިވެރިވެ އެ ސެންޓަރުގެ ދަރިވަރުން ހޯދި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ރިޝްމީ ވިދާޅުވި ގޮތުގައި މިފަދަ މުބާރާތްތަކުގައި ބައިވެރިވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދަރިވަރުންނަށް ގައުމީ އަދި ބައިނަލް އަގްވާމީ ފެންވަރުގެ އެކި މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

އޭދަފުށީގައި ޔޫސީމަސް ސެންޓަރެއް ހުޅުވީ މިއަހަރުގެ ކުރީކޮޅު އެވެ. 2018 ވަނަ އަހަރުގެ ކްލާސްތަކަށް ވަނުމުގެ ފުރުސަތު 6 އަހަރާއި 14 އަހަރާ ދެމެދުގެ ދަރިވަރުންނަށް ޑިސެމްބަރު 31ގެ ނިޔަލަށް އެ ސެންޓަރުން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.