މަރުޙޫމާ ހަސީނާ މުހައްމަދު ހަނދާނުގައި ތައުބީން ޖަލްސާއެއް ބާއްވަނީ

ހަސީނައްތަ – ފޮޓޯ : އޭދަފުށި ޓައިމްސް

ބޭސްވެރިކަމުގެ ރޮނގުންނާއި ފޫޅުމައެއްގެ ގޮތުގައި ބައިގަރުނު ހޭދަކުރި ބ. އޭދަފުށީ ގުލްބަކާގޭ އަލްމަރުހޫމާ ހަސީނާ މުހައްމަދު (ހަސީނައްތަ) ގެ ހަނދާނުގައި ފޭލި ޖަމިއްޔާއިން ތައުބީންގެ ޖަލްސާ ބާއްވަން ނިންމައިފި އެވެ.

ފޭލި ޖަމިއްޔާއިން ބުނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި ބާއްވާ މި ޖަލްސާގައި މަރުހޫމާ ހަސީނާ މުހައްމަދުގެ އާއިލާގެ ބޭފުޅުންނާއި އާއްމުން ބައިވެރިވާނެ ކަމަށެވެ.

ހަސީނައްތަ ނިޔާވީ ނޭވާލުމުގެ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު މިމަހުގެ 19 ވަނަ ދުވަހު އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އުމުރުން 82 އަހަރުގައެވެ.

ހަސީނައްތަ އަކީ 1400 އަށް ވުރެ ގިނަ ކުދިން ވިއްސި އެ ކުދިންގެ ފޫޅުމައެވެ. އޭނާ އަކީ، މި ޒަމާން ދެކޭ ފަސޭހަ ބޭސްވެރިކަން ނެތް ޒަމާނުގައި އެކަނިމާ އެކަނި ރަށްރަށަށް ދަތުރުކޮށްގެން ވެސް އެ ޚިދުމަތް ފޯރުކޮށްދިން ހުނަރުވެރި، އަދި ވިސްނުންތެރި، އަދި މަސައްކަތްތެރި އަންހެނެކެވެ.

ފޫޅުމާކަން ކުރަމުން ދިޔައިރު، އެކަމާ ގުޅިގެން ދިމާވާ އެހެނިހެން ބަލިތަކަށް ވެސް ހަސީނާ އައީ ފަރުވާދެމުންނެވެ. އެ ބޭސްވެރިކަމުގައި ވެސް ހަސީނާގެ ކުޅަދާނަކަން ބޮޑެވެ.

ހަސީނާގެ މި ޚިދުމަތްތައް ބަލައިގަނެ ދިވެހި ސަރުކާރުން ވަނީ ހިތްވަރު ދިނުމުގެ އިނާމުވެސް ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޒާހިރު

    ދަފުތަރުވެސް ހުޅުވާލަންވީ އަދި ފޮތްފޮތް ހުޅުވައިގެން އިތުރަށް ކުރެވެން އޮތް ކަންކަންވެސް ބަލަންވީ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.