މިހާރު އެވޯޑްސް ގެ ގަދަ ފަހެއްގައި ސެންޓޭ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގައި ލަނޑު ޖެހުމަށް ފަހު ސެންޓޭ އުފާފާޅުކުރަނީ.– ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

“މިހާރު” ނޫހުން އަލަށް ތައާރަފްކުރި ކުޅިވަރު އެވޯޑްސް ކަމަށްވާ “މިހާރު އެވޯޑްސް” ގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އަލީ ފާސިރު (ސެންޓޭ) ނޮމިނޭޓްވެއްޖެ އެވެ.

ސެންޓޭ ވަނީ މި ސީޒަނުގައި މިހާތަނަށް 23 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ނިއު ރޭޑިއަންޓުން މި ސީޒަނުގައި ހޯދާފައިވާ ކާމިޔާބީތަކުގައި ސެންޓޭގެ ހިއްސާ ބޮޑެވެ. މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އޭނާ އެވެ.

“މިހާރު” އެވޯޑްގެ އިތުރުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް ގުޅިގެންދޭ މޯލްޑިވްސް ފުޓްބޯޅަ އެވޯޑްސްގެ ގަދަ ހަ ކުޅުންތެރިންގެ ތެރޭގައި ވެސް ސެންޓޭ ހިމެނެ އެވެ.

މި އަހަރުގެ ފުޓްބޯޅަ މޫސުމުގެ ދެ ވަނަ މުބާރާތް ކަމަށް ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުން، “މިހާރު އެވޯޑު”ގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑަށް ސެންޓޭގެ އިތުރުން ދެން ވާދަކުރަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އަލީ އަޝްފާގް (ދަގަނޑޭ) އާއި ޓީސީ ސްޕޯޓްސް ކްލަބުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި އެ ޓީމުގެ ނާއިޒް ހަސަން (ދާދު) އެވެ

އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑަށް ދެ ބުރުން ވާދަކުރަނީ މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ) އާއި ޓީސީގެ ނާއިޒް ހަސަން (ދާދު) އާއި މުހައްމަދު ސާމިރު އަދި ކްލަބް ގްރީންސްޓްރީޓްސްގެ އިބްރާހިމް ރިޒުހާން (ރިޒްކޯ) އެވެ.
މިހާރުގެ ފުޓްބޯޅަ ފަނޑިޔާރުންގެ ޕެނަލުގައި ރާއްޖޭގެ މަޝްހޫރު ކޯޗުންނާއި ކުރީގެ ކުޅުންތެރިންނާއި ކުރީގެ ރެފްރީންނާއި ކުޅިވަރު ނޫސްވެރިން އަދި ފުޓްބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ އޮފިޝަލުން ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.