ދޮންފަނުން ޗެމްޕިއަން ކިހާދޫ ހިފަހައްޓައިފި

ދޮންފަނު އިންވިޓޭޝަން ކަޕުގައި މިއަދު ދޮންފަނާއި ކިހާދު ބައްދަލުކުރި މެޗުގެ ތެރެއިން/ އީޓީ ފޮޓޯ

ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ދޮންފަނާއި ކިހާދު ބައްދަލުކުރި މެޗު 1-1 އިން އެއްވަރު ވެއްޖެއެވެ. ކިހާދޫ އަކީ މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމެވެ. މިއަދުގެ މެޗުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ވަނީ ލިބިފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ ދޮންފަނުންނެވެ. ފުރަތަމަ ހާފުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޢަލީ ޝަރީފް އެވެ. މެޗުން ބަލިވާން ދަނިކޮށް ކިހާދޫ ޓީމަށް އެއްވަރު ކޮށްދިނީ އެޓީމުގެ ހުސައިން އީމާން (މާނު) އެވެ. މާނު އަކީ މިދިޔަ އަހަރު މި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މިއަހަރުގެ ޒޯން ފައިނަލް ބުރުގައި އޭދަފުށީގެ ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ މޮޅު ކުޅުމެއް ދެއްކި ދޮންފަނު ޓީމުގެ އަޙްމަދު އިފްހާމް އެވެ.

ދޮންފަނު އިންވިޓޭޝަން ކަޕުގައި މިއަދު ދޮންފަނާއި ކިހާދު ބައްދަލުކުރި މެޗުގެ ތެރެއިން/ އީޓީ ފޮޓޯ

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގޮއިދުއާއި ދަރަވަންދޫ އެވެ. 23 އަހަރުން ދަށަށް ހުޅުވާލި މި މުބާރާތުގައި އަތޮޅު ފަސް ރަށަކުން ވަނީ ބައިވެރިވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.