އުރީދޫ ޕްރޮމޯޝަން: އައިފޯނާއި ޗުއްޓީ ދަތުރެއް ލިބުމުގެ ފުރުސަތު

“އުރީދޫ ވޯލްޑް ޓުއާ” ގެ ނަމުގައި އެޕަލް އައިފޯން އާއި ރާއްޖެއިން ބޭރަށް ޗުއްޓީ ދަތުރެއް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވާ ހާއްސަ ޕްރޮމޯޝަނެއް އުރީދޫން މިއަދު ފަށައިފި އެވެ.

އުރީދޫން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ހާއްސަ ޕްރޮމޯޝަންތަކަށް ލިބެމުންދާ ތަރުހީބާއެކު މިއަދުން ފެށިގެން ތިން މަސްދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ކޮންމެ 10 ދުވަހަކުން، އަދި ކޮންމެ މަހަކު އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތްތަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި އެޕަލް އައިފޯން 8، އަދި ރާއްޖެއިން ބޭރަށް ޗުއްޓީ ދަތުރެއް ހިމެނެ އެވެ.

އުރީދޫން ބުނި ގޮތުގައި އެސްއެމްއެސް މެދުވެރިކޮށް ބައިވެރިވެވޭ މި ޕްރޮމޯޝަންގައި ހިމެނެނީ ޢާއްމު މަޢުލޫމާތު، ޓެކްނޮލޮޖީ، ދަތުރުފަތުރު އަދި ލައިފްސްޓައިލްއާގުޅޭ ސުވާލުތަކެވެ.

ޕްރޮމޯޝަންގައި ބައިވެރިވެ، އެސްއެމްއެސް މެދުވެރިކޮށް ރަގަޅު ޖަވާބު ދެއްވާ ކޮންމެ ފަހަރަކު 300 ޕޮއިންޓް ލިބިގެންދާނެއެވެ. އަދި ޖަވާބު ނުބައިވި ކަމުގައި ވިއަސް، ޖަވާބު ދެއްވާ ކޮންމެ ސުވާލަކަށް 100 ޕޮއިންޓް ލިބޭނެއެވެ.

އަންނަ އަހަރުގެ މާޗު 18ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް، ކަސްޓަމަރުން 555 އަށް ‘GO’ ޖައްސަވާފައި ފޮނުއްވުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.