ބޮޑު ތަފާތަކުން ދަރަވަންދޫ ބަލިކޮށް ދޮންފަނު ވެސް ސެމީއަށް

ފޮންފަނު ޓީމް

ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް ސެމީގެ ތިންވަނަ ޖާގަ ދޮންފަނު ހޯދައިފިއެވެ. މިއަދު ކުޅުނު މެޗުން ދޮންފަނު މޮޅުވީ ދަރަވަންދޫއާ ވާދަކޮށް 4-0 އިންނެވެ.

މުޅި މެޗުގައިވެސް މޮޅަށް ކުޅުނު ދޮންފަނުން މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ވަނީ ތިން ލަނޑު ޖަހާފައެވެ. މި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހީމް އިރުޝާމް އެވެ. އަނެއް ލަނޑުޖެހީ އިބްރާހީމް ސުހައިލް އެވެ. ދޮންފަނު ޓީމުން ޖެހި ހަތަރު ވަނަ ލަނޑު ދެވަނަ ހާފުގައި ޖެހީ ޙަސަން ޝަމީރެވެ. އެހެން މެޗުތަކާއި ހިލާފަށް ދޮންފަނުން މިއަދު ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައެވެ. މިއީ މި މުބާރާތުގައި ޓީމަކުން ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ.

ދޮންފަނާއެކު ސެމީގެ ޖާގަތައް މީގެ ކުރިން ކަށަވަރު ކޮށްފައިވަނީ އޭދަފުއްޓާއި ގޮއިދޫ އެވެ. ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރު ވާނީ އަންނަ ހޮނިހިރު ދުވަހު ދަރަވަންދޫއާއި ކިހާދޫ ބައްދަލުކުރާ މެޗަށްފަހުއެވެ. މި މެޗު އެއްވަރު ކޮށްލައިގެންވެސް ކިހާދޫއަށް ސެމީގެ ފަހު ޖާގަ ލިބޭނެއެވެ. ޕޮއިންޓް ޓޭބަލްގެ ކުރީގައި 7 ޕޮއިންޓާއިއެކު އޮތީ ގޮއިދޫއެވެ. ދެވަނަގައި އޭދަފުށި އޮތީ 6 ޕޮއިންޓާއި އެކުއެވެ. މިއަދުގެ މޮޅާއެކު ދޮންފަނު ތިންވަނައިގައި އޮތީ 4 ޕޮއިންޓާއި އެކުއެވެ. ހަތަރު ވަނާގައިވާ ކިހާދޫ އަދި ފުލުގައި އޮތް ދަރަވަންދޫއަށް ލިބިފައިވަނީ 1 ޕޮއިންޓެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެސް ކުޅެވޭނެއެވެ. މި މެޗުގައި ބައްދަލުކުރާނީ އޭދަފުއްޓާއި ގޮއިދޫއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.