ރައީސް އޭދަފުއްޓަށް ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

2014ގައި ރައިސް އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން . ފޮޓޯ: ރައީސް އޮފީސް

ބ އަދި ޅ އަތޮޅަށް، ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި، އޭދަފުއްޓަށް ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު ކަން “އީޓީ” އަށް އެނގިއްޖެ އެވެ.

ރައީސް މި ދެ އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުން އެއްވެސް ވާހަކައެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

އެކަމަކު، އެނގިފައިވާ ގޮތުގައި، ރައީސް ޔާމީންގެ މި ދަތުރުފުޅުގައި އޭދަފުށީގެ އިތުރުން މިއަތޮޅު ކެންދޫ އާއި ތުޅާދޫއަށް ވެސް ވަޑައިގަންނަވާނެ އެވެ. މި ރަށްރަށަށް ވަޑައިގެން ސަރުކާރުން ނިންމާފައިވާ ތަރައްޤީގެ ބޮޑެތި މަޝްރޫއުތައް ނިމުން ފާހަގަކޮށްދެއްވުމާއި، ބައެއް އާ މަޝްރޫއުތައް އިއުލާން ކޮށްދެއްވާ ރައްޔިތުންނާ ބައްދަލުކުރައްވާނެ އެވެ.

ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް އޭދަފުށި ޒީނަތްތެރިކުރަނީ.

ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް، އޭދަފުށީ ބަނދަރުމަތި އަދި ސްޓޭޖް ސަރަހައްދު އަންނަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކުރަމުންނެވެ. ބެލެވޭ ގޮތުގައި ރައީސް އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ ސްޓޭޖް ސަރަހައްދުގަ އެވެ.

މިއީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރައީސް ޔާމީން މިރަށަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. 2014 ވަނަ އަހަރު ރައީސް އޭރު އޭދަފުއްޓަށް ވަޑައިގެންނެވީ މިރަށުގެ ބިން ހިއްކުމުގެ ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.