ޓީމެއްގެ ގޮތުގައި ގޮއިދޫ މޮޅު، ހުނަރު ހުރީ އޭދަފުށީގައި: ސުޒޭން

ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު އޭދަފުއްޓާއި ގޮއިދޫ ބައްދަލުކުރި މެޗު ޝަރަފްވެރި ކޮށްދެއްވި މަޝްހޫރު ކޯޗު އަލީ ސުޒޭން އޭދަފުށީ ޓީމުގެ ކުޅުންތެރިންގެ ހުނަރަށް ތައުރީފްކޮށް ވާހަކަ ދައްކައިފިއެވެ.

މެޗަށްފަހު “އީޓީ” އާ ވާހަކަ ދައްކަމުން ސުޒޭން ބުނީ ހުނަރަށް ބަލާއިރު އޭދަފުށީ ޓީމު ވަރަށް މޮޅު ކަމަށާއި މިހާރުވެސް މާލެގޮސް ކުޅެވޭނެ ގިނަ ކުޅުންތެރިންތަކެއް ފާހަގަވެފައިވާކަމަށެވެ.

” މުޅި މެޗަށް ބަލާއިރު ގޮއިދޫ ޓީމު ވަރުގަދަވެފަ ގޭމް ޕްލޭން ވަރަށް ރަގަޅު ކަމަށް ފާހަގަ ކުރެވުނު. އޭދަފުށިން ފެނުނީ ސްކިލް ހުރި ގިނަ ކުޅުންތެރިންތަކެއް. މިހާރުވެސް މާލެގޮސް ކުޅެވޭނެ ފެންވަރުގެ ކުޅުންތެރިން އޭދަފުށި ޓީމުގައި އެބަތިބި. ޖޯޒީ ނަންބަރު 11 އަދި 7 ވެސް ވަރަށް ތަފާތު. މެޗުގައި 7 ނަންބަރު ފެނުނީ ވަރަށް ތަފާތުކޮށް. ފަހަތަށް ކުޅުނު 5 ނަންބަރުވެސް މޮޅު. އަދިވެސް ހުނަރު މޮޅު ކުޅުންތެރިން ތިބި. ކުރިއަށް އޮތް ސީޒަނަށްވެސް މި ކުޅުންތެރިންގެ ބޭނުންކުރެވޭނެ ރަގަޅު ޕްރެކްޓިހެއް ކޮށްގެން” ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗު ބުންޏެވެ.

ސުޒޭން ފާހަގަކުރި ތިން ކުޅުންތެރިންނަކީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސާހީ މޫސާ އާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ ނަސީމްގެ އިތުރުން ޑިފެންސްގައި މުހިއްމު ދައުރެއް އަދާކުރި ރައްޒާން ރަޝީދެވެ.

މެޗުގައި މުޅި ގޮއިދޫ ޓީމުން ކުރި ހިތްވަރަށް ސުޒޭން ވަނީ ތައުރީފް ކޮށްފައެވެ. ސުޒޭން ބުނީ ދެ ލަނޑުގެ ލީޑެއް ގެއްލުމުންވެސް މެޗު އެއްވަރުކޮށްގެން ގޮއިދޫން ނިންމާލީ އެޓީމުގެ ރޭވުންތެރިކަން އޭދަފުއްޓަށްވުރެ ރަގަޅުވުމުންނެވެ. މީގެ އިތުރުން ސުޒޭން ބުނީ ބ. އަތޮޅުގައި 23 އަހަރުން ދަށަށް މިފަދަ މުބާރާތެއް ބޭއްވުމަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފުޓްބޯޅައަށް އެތައް ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ.

“ވަރަށް ހިތްހަމަ ޖެހުނު މުބާރާތެއް. އިންތިޒާމުތައްވެސް ވަރަށް ރަގަޅު. ފުޓްބޯޅައިގައި ބ އަތޮޅަކީ އެންމެ ނުފޫޒު ގަދަ އެއް އަތޮޅު. އެންމެ ހިތްހަމަ ޖެހެނީ 23 އަހަރުން ދަށަށް މުބާރާތް ހުޅުވާލުމުން. ހާއްސަކޮށް އޭދަފުށި ކަހަލަ ހުނަރު އޮތް ރަށަކަށް މި މުބާރާތުން ބޮޑު ފައިދާއެއް ކުރާނެ”

ގުޅުންހުރި ލިޔުންތައް

6 ކޮމެންޓް

  1. ްއަލީ

    “މުޅި މެޗަށް ބަލާއިރު ގޮއިދޫ ޓީމު ވަރުގަދަވެފަ ގޭމް ޕްލޭން ވަރަށް ރަގަޅު ކަމަށް ފާހަގަ ކުރެވުނު. ދެ ލަނޑުގެ ލީޑެއް ގެއްލުމުންވެސް މެޗު އެއްވަރުކޮށްގެން ގޮއިދޫން ނިންމާލީ އެޓީމުގެ ރޭވުންތެރިކަން އޭދަފުއްޓަށްވުރެ ރަގަޅުވުމުން.” (އަލީ ސުޒޭން) އޭދަފުށީޓީމުގެ ކޯޗުން ފެއިލްވީ.

    ރައްދު
  2. Gabulhi

    Baa atholhuga football mubaaraatheh baavaanama baavan vee dhonfanuga. Mihaa inthizaam rangalhu furihama mubaaraatheh adhi nudheken. Dhonfanu inthiaam committee ah ahsari bahaa saabas rahdhu kuran.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.