އަޖުފާނު ޓީސީގައި މަޑުކުރަން ނިންމައިފި

އޭދަފުށީގެ ޒުވާން ކުޅުންތެރިޔާ މުހައްމަދު އަޖުފާން އަންނަ އަހަރުވެސް ޓީސީގައި މަޑުކުރަން ނިންމައިފިއެވެ. އުމުރުން މިހާރު 22 އަހަރުގެ އަޖުފާނަކީ ފަހަކަށް އައިސް ޓީސީގެ ފުރަތަމަ އެގާރައިން ފެންނަ ކުޅުންތެރިއެކެވެ.

2013 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ވެލެންސިޔާގެ ޒުވާން ޓީމުގައި ވެެސް ހިމެނޭ އަޖުފާން 2014 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ފެނިގެންދިޔައީ އޭދަފުށީ ޒުވާނުންގެ ކުލަބުގެ ޖޯޒީގަ އެވެ.

އަޖުފާން 2016 ވަނަ އަހަރު ފުރަތަމަ ގުޅުނީ ޓީސީގެ ޒުވާން ޓީމާއެވެ. އޭނާ ވަނީ އެ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗެއްގައިވެސް ޓީސީއަށް ކުޅެފައެވެ. އޭގެފަހުން ޓީސީގެ ސީނިއަރ ޓީމުން ފުރަތަމަ ފަހަރަށް އަޖުފާނަށް ފުރުސަތު ލިބުނީ އެ އަހަރުގެ ދިވެހި ޕްރިމިއަރ ލީގުގައި ވެލެންސިޔާއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.

މިދިޔަ އަހަރުގެ މާލޭ ލީގުގައި އަޖުފާނަށް ފުރުސަތު ލިބުނީ އެންމެ މެޗެއްގައެވެ. ނަމަވެސް ދިވެހި ޕްރިމިއާ ލީގުގައި ދެމެޗެއްގައި ކުޅެ، ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި އޭނާ ވަނީ ގްރީން ސްޓްރީޓްސް ކޮޅަށް ލަނޑެއްވެސް ޖަހާފައެވެ. އަޖުފާންގެ ކުޅުން ރަގަޅުކޮށް އެންމެ ފަހުން ކުޅުނު ގައުމީ މުބާރާތުގައި ޓީސީން ކުޅުނު ތިންމެޗުގައިވެސް އޭނާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން މެޗުތައް ފުރިހަމަ ކޮށްފައެވެ. މި މެޗުތަކުގައި އަޖުފާން ވަނީ ޓީސީގެ ފަހަތުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.