އަހްޒަމަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާ!

ޙުސައިން އަހްޒަމް

ރ. އަލިފުށީ ސްކޫލުގެ ގްރޭޑް 8 ގައި ކިޔަވަމުން އަންނަ އެރަށު ހުސައިން އަހްޒަމް (ފޮޓޯ) ނުކުޅެދުންތެރިކަން ހުރި ކުއްޖެއްގެ ގޮތުގައި ދުނިޔޭގައި އުޅޭތާ މިހާރު 12 އަހަރު ވެއްޖެ އެވެ. އާއިލާއަށް ލިބޭ ހުރިހާ ފައިސާއެއް ޚަރަދު ކުރަމުންދަނީ އަހްޒަމަށް ބޭސްކުރުމަށް އަށެވެ.

އާއިލާއިން އަހުޒަމަށް ފަރުވާ ކުރުމަށް އިންޑިޔާގައި އެތައް ދުވަހެއް ވަނީ ހޭދަކޮށްފަ އެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އިންޑިޔާއަށް ގޮސް ޕްލާސްޓިކް ފަޔެއް ލައްވައި ވަގުތީ ހައްލެއް ހޯދަ އެވެ.

ނަމަވެސް އިންޑިޔާގެ ކަށީގެ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން އެ އާއިލާއިން ދާދިފަހުން ވަނީ އަހްޒަމުގެ ފަޔަށް ކަށި ލައްވާ ދާއިމީ ހައްލެއް ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފަ އެވެ. މި އޮޕަރޭޝަންގައި އޭނާގެ ފަޔަށް ލެއްވި އެއްޗެހިތައް ނަގަން އެ އާއިލާއިން އަންނަމަހު އިންޑިޔާއަށް ގޮސް އެތަނުގައި ގިނަ ދުވަހު ތިބެންޖެހޭތީވެ، އާއިލާއިން ވަނީ އެންމެންގެ އެހީތެރިކަމަށް ބޭނުންވެފަ އެވެ.

އަހްޒަމަށް އެހެން ކުދިންނެކޭ އެއްފަދައިން ހިނގާ ބިނގާވެ އުޅޭނެ ދުވަހަކީ އެ އާއިލާއިން އެންމެ ދެކެން ބޭނުންވާ ދުވަހެވެ. އަހްޒަމް ވެސް ހުރީ އެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

ދީލަތި ފަރާތްތަކެއްގެ އެހީއާއި މަދަދަށް ބޭނުންވެފައިވާ އަހްޒަމް އަށް ލަސްނުކުރަށްވާ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ އެ އާއިލާގެ ވަރަށްބޮޑު އެދުމެކެވެ. އަހްޒަމް އަށް ދިއްކޮށްލެވޭ އެންމެ ފައިސާ ފޮއްޗަކީވެސް އެފަރާތަށް މިއަދު ބޮޑު އެއްޗަކަށްވާނެ އެވެ. އެހެންކަމުން ކިތަންމެ ކުޑަ މިންވަރެއް ﷲގެ މަގުގައި ހޭދަކުރުމަކީ ގެއްލިގެން ދާނެ އެއްޗެއްކަމުގައި ނުދެކޭށެވެ. އޭގެ ބަދަލުގައި ތިބާއަށް ﷲ އެއައްވުރެ މަތީ ދަރަޖަދެއްވާނެ ކަން ހަދުމަނެތި ނުކޮށްލާށެވެ.

އަހްޒަމް އަށް އެހީވުމަށް ގުޅުއްވާނީ؛ 7525446
އެކައުންޓް ނަމްބަރު: 7717333730101 ސުދުނާ އަބްދުﷲ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.