އެލްއެލްސީގެ އިނގިރޭސި ކްލާސްތައް އަންނަމަހު ފަށަނީ

އިނގިރޭސި ބަސް އިންޓަނޭޝަނަލް ފެންވަރުގައި ކިޔަވައިދޭ ލޭންގްއޭޖް ލާނިން ސެންޓަރު (އެލްއެލްސީ) އިން އޭދަފުށީގައި ފަށާ އިނގެރޭސި ކްލާސްތަކުގެ ކިޔެވުން އަންނަމަހު ކުރީކޮޅު ފެށޭވަރުވާނެކަމަށް އެ ސެންތަރުން ބުނެފި އެވެ.

އެލްއެލްސީން ބުނީ އެ ސެންޓްރުން މިރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އިނގިރޭސި ކްލާސްތަކަށް ބައިވެރިވުމަށް 100 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ.

އެލްއެލްސީން ބުނި ގޮތުގައި އިނގިރޭސި ކްލާސްތަކުގައި ކިޔަވައިދޭނީ ރާއްޖެއިން ބޭރުގެ ޓީޗަރުންނެވެ.

އެލްއެލްސީން ހިންގާ އިނގިރޭސި ކްލާސްތައް؛

ޕްރީ ސްކޫލް (ނާސަރީ/އެލްކޭޖީ/ޔޫކޭޖީ)

މި ޕްރޮގްރާމުތަކުން ދަރިވަރުންނަށް ޕްރައިމަރީއަށްދާއިރު ރަނގަޅަށް އިނގިރޭސި ބަހުން ކިޔަން ދަސްވެ އަދި ލިޔަން ދަސްވެ، އެ ކުއްޖެއްގެ އުމުރުފުރާއިން އިނގިރޭސިބަހުން މުއާމަލާތްކުރަން އެނގި، އިނގިރޭސި ބަސް ބޭނުންކޮށްގެން ކުދި ކުދި ޖުމްލަތައް ހެދުމާއި އަދި މުދައްރިސުންނާއި ކުދިން ގުޅިގެން ކުދިކުދި ޖުމްލަތައް ހެދުމާއި އަދި އެކުވެރި މާހަލެއްގައި މަސައްކަތްކުރަން ދަސްވެ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭ އުމުރުފުރާ އަކީ 3 އަހަރުން 5 އަހަރު.

ވައިއެލްއީ ޕްރޮގްރާމް (ސްޓާޓަސް/މޫވާސް/ފްލްޔާސް)

ވައިއެލްއީ ޕްރޮގްރާމަކީ ކޭމްބްރިޖް އިންޓަނޭޝަނަލް ޔުނިވާސިޓީން ދުނިޔޭގެ ފެންވަރުގައި ޕްރައިމަރީ ލެވެލްއަށް އުމުރުން 7 އަހަރައި 12 އަހަރާ ދެމެދުގެ ކުދިންނަށް އެކުދިންގެ އުމުރުފުރާއާ ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އިމްތިހާން ބެހިގެންވަނީ މައިގަނޑު ތިން ލެވެލްއަކަށެވެ. މިއިން ކޮންމެ ލެވެލްއަކުން ދަރިވަރުންނަށް އިމްތިހާން ނެގޭނެ އެވެ. އަދި މިއިން ކޮންމެ ބައެއް ފުރިހަމަ ކުރުމުން ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓެއް ލިބޭނެ އެވެ.

ކޭމްބްރިޖް ޕްރޮގްރާމްތައް

މިކޯސްތަކުން ކުދިންނަށް ސްކޫލުތަކުގައި ކިޔަވާ ފިލާވަޅުތަކަށް މަގުފަިވެ އަދި އެކުދިންނަށް މުއާމަލާތްކުރުމުގެ ހުނަރުތައް ދަސްވެ، އެކުދންގެ ބަސްކޮށާރު މުއްސަދިވެ އަދި ހަމައެހެންމެ ވަޒީފާގެ ފުރުސަތުތަކަށް ކުރިމަތިލާއިރު، ވަޒީފާގެ ފުރުސަތުތައް މި ކުދިންނަށް ބޮޑުވެގެންދެ އެވެ. މި ކޯހުގައި ބައިވެރިވެވޭނީ ގްރޭޑް 7-12 ގެ ދަރިވަރުންނަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.