ދަރަވަންދޫގައި އިންޓަނޭޝަނަލް ޕްރީ-ސްކޫލެއް ހުޅުވައިފި

އިގްރާ އިންޓަނޭޝަނަލްގެ ދަރަވަންދޫ ޕްރީ ސްކޫލް– ފޮޓޯ/ވީނިއުސް

ބ. އަތޮޅުގައި ހުޅުވި ފުރަތަމަ އިންޓަނޭޝަނަލް ޕްރީ ސްކޫލް މިއަތޮޅު ދަރަވަންދޫގައި ހުޅުވައި ކިޔަވައިދޭން ފަށައިފި އެވެ.

އިގްރާ އިންޓަނޭޝަނަލްގެ ދަރަވަންދޫ ޕްރީ ސްކޫލްގެ ޒިންމާދާރު ވެރިޔާ ހުސެއިން ރަޒީނު ވިދާޅުވީ، އިގްރާ އިންޓަނޭޝަނަލް ޕްރީ ސްކޫލަކީ، ބައިނަލްއަގުވާމީ ފެންވަރަށް، އެއް އަހަރާއި 10 މަހުން ފެށިގެން 6 އަހަރާއި ދެމެދުގެ ކުދިންނަށް ކިޔަވައިދޭ ސްކޫލެއް ކަމަށާއި ދަރަވަންދޫ ޕްރީ ސްކޫލްގައި ދަރިވަރުންނަށް ކިޔަވައިދެމުން ގެންދާނީ ޕްރީ ސުކޫލާއި ނާސަރީ ލެވެލްއަށް ކަމަށެވެ.

އިގްރާ އިންޓަނޭޝަނަލްގެ ދަރަވަންދޫ ޕްރީ ސްކޫލްގައި އިއްޔެ ދިރާސީ އާއަހަރުގެ ކިޔެވުން ފަށާފައިވަނީ 38 ދަރިވަރުންނާއި 2 ޓީޗަރުންނާ އެކުއެވެ.

ދަރަވަންދޫގައި އިއްޔެ ހުޅުވި މި ޕްރީ ސްކޫލަކީ އިސްލާމީ ތައުލީމަށް ހާއްސަކޮށްގެން އިގްރާ އިންޓަނޭޝަނަލްގެ ނަމުގައި އައިލެންޑާސް އެޑިއުކޭޝަނުން އަތޮޅުތެރޭގައި ހިންގަމުން އަންނަ ޕްރީ ސްކޫލްގެ ފަސްވަނަ ސުކޫލެވެ.

އަގުހެޔޮކަމާއެކު ތައުލީމް އުނގަންނައިދިނުމުގެ މަގުސަދުގައި އައިލެންޑާސް އެޑިއުކޭޝަން ގްރޫޕޫން އެންމެ ފުރަތަމަ އިގްރާ އިންޓަނޭޝަނަލްގެ ޕްރީ ސުކޫލެއް ހުޅުވާފައިވަނީ ޅ. ނައިފަރުގައެވެ.

މީގެއިތުރުން ނ. މަނަދޫ، އދ. ދަނގެތި އަދި ގއ. ވިލިނގިލީގައި ވެސް އިގްރާ އިންޓަނޭޝަނަލް ޕްރީސުކޫލްގެ ހިދުމަތް ދަނީ ދެމުންނެވެ.

އައިލެންޑާސް އެޑިއުކޭޝަނުން ދަރަވަންދޫގައި އިންޓަނޭޝަނަލް ޕްރީ ސްކޫލެއް ހުޅުވިއިރު، މިދިޔަ އަހަރު އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލު ވެސް އައިލެންޑާސް އެޑިޔުކޭޝަންގެ ދަށުން އިންޓަނޭޝަނަލް ކޮށް ހިންގަން މަސައްކަތް ކުރިއެވެ. ނަމަވެސް ބަހިއްޔާ ޕްރީ ސްކޫލު ހިންގުމަށް އައިލެންޑާސް އެޑިއުކޭޝަނާ ހަވާލުކުރަން އޭދަފުށީ ކައުންސިލުން ނިންމާފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ބުނެ، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެކަންވަނީ ހުއްޓުވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.