ސޮނެވާފުށީ ރިސޯޓްގައި އޯވާ ވޯޓާ ރެސްޓޯރަންޓެއް ހަަދަން ފަށައިފި އެވެ.
ސޮނެވާފުށީ ރިސޯޓްގެ އޮފިޝަލަލު ވިދާޅުވީ އެ ރިސޯޓްގެ ހުޅަނގު ސަރަހައްދު މޫދުގައި އިރު އޮއްސޭ މަންޒަރު ފެންނަގޮތަށް ހަދާ އެ ރެސްޓޯރެންޓަކީ މި ސަރަހައްދުން ފާހަގަކޮށްލެވޭ ރެސްޓޯރަންޓަކަށް ވާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މޫދު ސްލައިޑްތައް ލާފައި ހުންނަ ގޮތަށް ހަދާ އެ ރެސްޓޯރަންޓް އަންނަ ފެބްރުއަރީ މެދެއްހާތާ ހުޅުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ
ސޮނެވާފުއްޓަކީ ޔުނެސްކޯއިން ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ބަޔޯސްފިއާ ރިޒާވްގައި ހިންގާ ކާމިޔާބު ރިސޯޓެކެވެ. އެ ރިސޯޓުގައި 57 ބީޗް ވިލާ ހިމެނެއެވެ. އެއީ އެއް ކޮޓަރިން ފެށިގެން 9 ކޮޓަރި ހިމެނޭ ވިލާތަކެކެވެ.