ބ. އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އަނެއްކާ ވެސް ފުލުހުން އަތުލައިގެންފި އެވެ.
އީޓީ އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި އިއްޔެ ހަވީރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ 17 އަހަރުގެ ކުއްޖެކެވެ.
އޭނާ ހައްޔަރުކުރީ މާލެއިން ފުރައިގެން އޭދަފުއްޓަށް އައި ލޯންޗަކުން މިރަށަށް ފޭބި ވަގުތު ބަނދަރު މަތިންނެވެ.
މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެ އެވެ.
މިދިޔަ ހަފްތާ ވެސް އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުން ވަނީ އަތުލައިގެންފަ އެވެ.