އިދިކޮޅު ފަރާތްތަކުން ހަސަދަވެރިވަނީ ތަރައްގީ އިތުރުވަމުންދާތީ: ސަލީމް

ރައީސް ޔާމީންގެ ސަރުކާރުން ގައުމަށް ގެންނަމުންދާ ތަރައްގީގެ ވާހަކައަކީ ދައްކަން ޖެހޭނެ ވާހަކައެއް ކަމަށާއި އިދިކޮޅު ފަރާތްތަކުން ހަސަދަވެރިވަނީ މިހާރު ގައުމަށް ގެންނަމުންދާ ތަރައްގީ އިތުރުވަމުންދާތީ ކަމަށް މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު (ރެޑްވޭވް ސަލީމް) ވިދާޅުވެއެޖެ އެވެ.

އެންމެ ގާތުން ކެމްޕޭންގައި ރޭ މެޑަމް ފާތުންނާއެކު ކުޅުދުއްފުށީގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ނުހިންގާވަރުގެ ބޮޑެތި ގިނަ މަޝްރޫއުތަކެއް މި ސަރުކާރުން ހިންގާފައިވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ސަލީމު ވިދާޅުވީ އިދިކޮޅު ހަތަރު ލީޑަރުން ވެގެން ކުރާ މަސައްކަތަކީ ސަރުކާރުގެ ތެރޭގައި ފިތުނަ އުފައްދައި ބައިބައިކޮށްލުން ކަމަށެވެ. އަދި އެކަން ކާމިޔާބު ނުވާނެ ގޮތަށް ޕީޕީއެމް އިން މަސައްކަތް ކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ސަލީމު ވިދާޅުވި ގޮތުގައި އިދިކޮޅުން އެއް ކެންޑިޑޭޓެއް ނެރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

“ނަޝީދު ބޭނުންވާނީ އޭނާ ވެރިކަމަށް އަންނަން، ދެން ތިބި ފަރާތްތަކުން ބޭނުންވާނީ އެބޭފުޅުންގެ ކޮންމެސް ބޭފުޅަކު ވަޑައިގަންނަވަން، އެހެންވީމަ އެކަމުގައި އެއްގަލަކަށް ނޭރޭނެ. އެހެންވީމަ އެއީ ކުރެވޭނެ ކަމެއް ނޫން، ސަލީމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.