ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ އޭދަފުށީ ގޮފިން ހިންގި ޤާރީ ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓްދީފި އެވެ.
މިއީ އެމްކިޔުކޭ ގަބޫލުކުރާ ސެޓްފިކެޓް ލެވެލް އެކެއްގެ ކޯހެކެވެ. އޭދަފުށިން 14 މީހުން މި ކޯސް ފުރިހަމަ ކުރިއެވެ.
ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނީ ރޭ މަލްޓިޕާޕަސް ހޯލުގައި ބޭއްވި ހަފުލާއެއްގައި ބ. އަތޮޅުގެ ކުރީގެ އަތޮޅުވެރިކަން ކުރެއްވި އޭދަފުށީ އޯކިޑްވިލާ އަބްދުއްރައްޒާގް މުހައްމަދެވެ.
ގުރުއާނާބެހޭ މަރުކަޒު އޭދަފުށީ ގޮފިން ގާރީ ކޯސް ލެވެލް 2 ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.