ސްކޫލް ސަރަހައްދަށް ދުއްވާ އެއްޗެހި ވަނުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒު ކައިރީގައި ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވަނީ

ބ. އަތޮޅު ތައުލީމީ މަރުކަޒު ހިމެނޭ ސަރަހައްދަށް އެއްގަމުގައި ދުއްވާ އުޅަނދު ފަހަރަށް ނުވަދެވޭ ގަޑިތަކެއް ކަނޑައަޅައި، އާއްމުކޮށް އިއުލާން ކޮށްފި އެވެ.

ސްކޫލް ސަރަހައްދަށް ވަނުން މަނާ ގަޑިތަކެއް ކައުންސިލުން މިއަދު އިއުލާން ކުރި އިރު، މި އަަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު ފުލުހުން އަންނަނީ ސްކޫލު ސަރަހައްދުގައި ޓްރެފިކް ބަލަހައްޓަމުންނެވެ.

އޭދަފުށީ ކައުންސިލުން ބުނީ ސްކޫލު އޮންނަ ދުވަސްތަކުގައި ސެޝަން ތައް ފެށޭ ގަޑި އާއި ނިމޭ ގަޑި އަދި އިންޓަވަލް ގަޑީގައި ސްކޫލު ސަރަހައްދުގައި ހުރި ބައެއް މަގުތަކާއި ގޯޅިތަކަށް ވެހިކަލް އެއްޗެއްސަށް ނުވަދެވޭ ގޮތަށް ފުލުހުން ބަންދުކުރަމުން ގެންދާނެ ކަމަށެވެ.

އަދި މި ކަމަކީ ދަރިވަރުންނަށް ސްކޫލަށް ވަދެ ނުކުތުމުގައި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރެވޭ ކަމެއް ކަމަށްވެސް އޭދަފުށީ ކައުންސިލުން ބުންޏެވެ.

ސްކޫލު ސަރަހައްދު މަގުތައް ބަނދުކުރެވޭ ގަޑިތައް:

ހެނދުނު: 6:30 އިން 7:00 އަށް
ހެނުދުނު 9:15 ން 10:00 އަށް
މެންދުރު: 12:35 ން 12:55
ހަވީރު 3:50 ން 4:35 އަށް

ސްކޫލް ސަރަހައްދުން މި ވަގުތު ތަކުގައި ދުއްވާ އެއްޗެހި ވަނުން މަނާކޮށްފައިވަނީ ސްކޫލުގެ އިރުން ދިލްބަހާރު ހިނގުމާއި މާފަތް މަގާ ގުޅޭ ކަންމައްޗާއި ގަނޑުވަރު މަގާއި ނޮޅިމަގު ގުޅޭ ކަންމަތީގެ އިތުރުން ސްކޫލުގެ ދެކުނުން ރޯޝަނީ މަގާއި ވަތަބަނޑޭރި މަގާއި ގުޅޭ ކަންމަތިން ފެށިގެން ރޯޝަނީ މަގާއި މުއީނުއްދީން މަގާއި ގުޅޭ ކަންމައްޗަށެވެ.

ކައުންސިލުން ބުނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ބެލެނިވެރިންނާއި އާއްމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

މީގެ ކުރިން ދަރިވަރުން ގޮވައިގެން ދުއްވާ އެއްޗެތީގައި އަންނަ ގިނަ ބެލެނިވެރިން މަޑުކުރަނީ ސްކޫލުގެ ގޭޓު ކުރިމައްޗަށްށެވެ. އެ އާދަ ބަދަލުކުރަން ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.