ޓީބީ ތްރީ އޮން ތްރީ މުބާރާތަށް ފުރުސަތު ހުޅުވާލައިފި

ތްރީ އޮން ތްރީ މުބާރާޓުގެ މިދިޔަ އަހަރުގެ ޗެމްޕއަން ފެއިމްސް ޔުނައިޓެޑް- މިއަހަރުގެ މުބާރާތއް އޮންނާ އަންނަ ޖުލައި މަހު
ތްރީ އޮން ތްރީ މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕއަން ފެއިމްސް ޔުނައިޓެޑް- މިއަހަރުގެ މުބާރާތަށް މއަދުވަނީ ފުރުސަތު ހުޅުވާލައިފައި

 

ރޯދަމަހާ ދިމާކޮށް އޭދަފުށީގައި ބާއްވާ ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކްލަބް ދަ ބިގިނާސް އިން މިއަދު ހުޅުވާލައިފި އެވެ.

 އަންނަ ޖުލައިމަހު 11 އިން 25 އަށް، އޭދަފުށީ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މިއަހަރު 4000ރ. ހުށަހަޅާފައިވާއިރު ރަނާ އަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 2000ރ. އެވެ.

ދަ ބިގިނާސް އިން ބުނިގޮތުގައި މިއަހަރުގެ މުބާރާތުގައި ބައިވެރި ކުރާނީ މުއްދަތު ހަމަވުމުގެ ކުރިން ބައިވެރިވުމުގެ ފީ އާއެކު ފުރަތަމަ ފޯމް ހުށަހަޅާ 15 ޓީމެވެ. އޭގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަަން ފެއިމްސް ޔުނައިޓެޑަށް ވަނީ އޮޓޯމެޓިކުން މުބާރާތުން ޖާގަ ލިބިފަ އެވެ. ބައިވެރިވުމުގެ ފޯމް ކްލަބް އޮފީހުންނާއި، 7626275 ނަންބަރ ފޯނަށް ގުޅުމުން ލިބޭނެއެވެ. ފޯމް ބަލައިގަތުމުގެ އެންމެފަހުގެ ތާރީހަކީ 28 ޖޫން 2013 ވާ ހުކުރު ދުވަހުގެ 22:30 އެވެ.

މުބާރާތުގައި ބައިވެރިވުމަށް 400ރ. ދައްކަން ޖެހޭނެ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މި މަހު 28 ގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.