ބ. އަތޮޅު މަދަރުސާގައި އޭލެވެލް އަށް ކިޔަވައިދޭން ފަށައިފި

ބ. އަތޮޅު މަދަރުސާގައި އޭލެވެލް އަށް ކިޔަވައިދޭން ފެށުން

ބީޓެކް އޭލެވް ތައާރަފުކޮށް ބ. ދަރަވަންދޫގައި ހުންނަ މި އަތޮޅު މަދަރުސާގައި ފުރަތަމަ ފަހަރަށް އޭ ލެވެލް އަށް ކިޔަވައިދޭން ފަށައިފި އެވެ.

ބ. އަތޮޅު މަދަރުސާއިން ބުނީ 6 ދަރިވަރުންނާއެކު ބީޓެކް އޭލެވެލް ގެ ހޮސްޕިޓަލީޓީ އެ ސްކޫލުގައި މިއަދު ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ.

ބ. އަތޮޅު މަދަރުސާގައި އޭލެވެލް އަށް ކިޔަވައިދޭން ފެށުން

ބީޓެކަކީ ރާއްޖޭގެ ހަތަރު ވަނަ ސްޓްރީމްގެ ގޮތުގައި 2014 ވަނަ އަހަރު ތައާރަފްކޮށްފައިވާ ސްޓްރީމެކެވެ. އެއިން ތަފާތު ތަމްރީނުތަކާއި ވަޒީފާގެ ތަޖުރިބާ ކުރަން ފުރުސަތު ދޭނެ އެވެ.

އެ ސްކޫލުން ބުނި ގޮތުގައި ބީޓެކް ފެށުމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންނަށް ތައުލީމީ ފުރުސަތުތަކެއް ފަހިކޮށް ދިނުމާއެކު ވަޒީފާގެ ބާޒާރަށް ދަރިވަރުން ނެރުމަށް ތަމްރީނުތަކެއް ދިނުމެވެ.

ބ. އަތޮޅު މަދަރުސާގައި އޭލެވެލް އަށް ކިޔަވައިދޭން ފެށުން

40 އަށް ވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ވެސް ގްރޭޑް 11 ގެ ކްލާސްތަކުގެ ކިޔެވުން ފަށައިފަ އެވެ. ނަމަވެސް މިއަދާ މާދަމާ ކުރިއަށްދާނީ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އޮރިއެންޓޭޝަން ޕްރޮގްރާމުތައް ކަމަށް އެ ސްކޫލުން ބުންޏެވެ.

މިއަތޮޅުގައި އޭ ލެވަލަށް މިހާރު ކިޔަވައިދެނީ މި ދެ ސްކޫލުގައި އެކަންޏެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިން މިއަތޮޅު ތުޅާދޫ ސްކޫލުގައާއި ހިތާދޫ އަދި ކެންދޫގައި ގައިވެސް އޭލެވެލްއާ ހަމައަށް ކިޔަވައިދީފައިވެ އެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ކުދިން ނުލިބުމުގެ ސަބަބުން އޭ ލެވެލް ކްލާސްތައް ވަނީ ހުއްޓާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.