ރައީސް ޔާމީނަށް ތާއީދުކޮށް އޭދަފުށީގައި ހިނގާލުމެއް

ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް އޭދަފުށީގައި ބޭއްވި ހިގާލުމުގެ ތެރެއިން– ފޮޓޯ: ތޯރިގް/އީޓީ

ޖަލުގައި ތިބި ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުން ލަސްވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް މި ސަރުކާރަށާއި ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް އޭދަފުށީގައި މިއަދު ހަވީރު ހިނގާލުމެއް ބާއްވައިފި އެވެ.

އޭދަފުށީގެ ބޮޑެތި މަގުތަކުގައި ބޭއްވި މި ހިނގާލުމުގައި މިރަށުން ޕީޕީއެމަށް ތާއީދުކުރާ ގިނަ ބަޔަކުވަނީ ބައިވެރިވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް އޭދަފުށީގައި ބޭއްވި ހިގާލުމުގެ ތެރެއިން– ފޮޓޯ: ތޯރިގް/އީޓީ
ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް އޭދަފުށީގައި ބޭއްވި ހިގާލުމުގެ ތެރެއިން– ފޮޓޯ: ތޯރިގް/އީޓީ

މި ހިނގާލުން ކުރިއަށް ގެންދިޔައިރު، އެ ހިނގާލުމުގެ ބައިވެރިން ތިބީ މި ސަރުކާރަށާއި ރައީސް ޔާމީނަށް ތާއިދުކޮށް ތަފާތު ޝުއޫރު ލިޔެފައިވާ ފިޔާތޮށި ކުލައިގެ ބޯޑުތައް ހިފަހައްޓައިގެންނެވެ.

އެގޮތުން ގިނަ މީހުން ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި ލިޔެފައިވާ ލިޔުންތަކުގެ ތެރޭގައި، “މިއީ ގަޓު ހުރި ރައީސެއް އޭދަފުށީ ރައްޔިތުން ތިބީ މަނިކުފާނާ އެކުގައި،” މިއީ ޒުވާނުންގެ ސަރުކާރެއް”، “ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާގެ ފުރުސަތު ހޯއްދަވައިދެއްވީ ރައީސް ޔާމީން”، “މިގައުމުގެ ތަރައްގީގެ ބާނީއަކީ ރައީސް ޔާމީން”، “ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެސްދެއްވީ ރައީސް ޔާމީން،” ހިމެނެ އެވެ.

ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް އޭދަފުށީގައި ބޭއްވި ހިގާލުމުގެ ތެރެއިން– ފޮޓޯ: ތޯރިގް/އީޓީ

މި ސަރުކާރަށާއި ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް އިއްޔެ ވަނީ މިއަތޮޅު ތުޅާދޫގައި ވެސް ހިނގާލުމެއް ބާއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.