އިސްލާމިކް މިނިސްޓްރީން ޗާޕްކޮށްފައިވާ “މުސްހަފް މާލްދީފް”، އޭދަފުށީ ރައްޔިތުންނަށް އިއްޔެ ބަހަށް ފަށައިފި އެވެ.
އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި، ދިވެހިންނަށް ހާއްސަކޮށްގެން ޗާޕްކުރި ކީރިތި ޤުރުއާންގެ ކޮޕީއެއް އޭދަފުށީގެ ކޮންމެ ގޭ ބިސީއަކަށް ވެސް ލިބޭނެ އެވެ. އެގޮތުން އިއްޔެއިން ފެށިގެން ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 މެންދުރުފަހު 2:00 އަށް މަލްޓިޕާޕަސް ހޯލުން މުސްހަފް މާލްދީފް ލިބެން ހުންނާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެ އެވެ.
އޭދަފުށީގެ އިތުރުން މި ދާއިރާގެ އަނެއް ދެރަށް ކަމަށްވާ މާޅޮހާއި ހިތާދޫގެ ރައްޔިތުންނަށް ބެހުމަށް މިދިޔަ ޑިސެމްބަރުމަހު 3500 އަށްވުރެ ގިނަ މުޝްހަފް ވަނީ ހަވާލުކޮށްފަ އެވެ.
ކޮންމެ ދިވެއްސަކަށް މުސްހަފެއް ދިނުމަށް ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް މުސްހަފުގެ ކޮޕީއެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.