ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދޭނެ ގޮތްތައް ޓީޗަރުންނަށް ދަސްކޮށްދެނީ

ހުރިހާ ކުދިން ޝާމިލް ކޮށްގެން ތަޢުލީމު ފޯރުކޮށްދޭނެ ގޮތްތައް އުނގަންނައިދިނުމަށް، އޭދަފުށީގައި މިއަދު ފެށި ވޯކުޝޮޕުގެ ތެރެއިން.– ފޮޓޯ: ބ. ޓީއާރުސީ

އާ މަންހަޖުގެ ދަށުން ހުރިހާ ކުދިން ޝާމިލް ކޮށްގެން ތަޢުލީމު ފޯރުކޮށްދޭނެ ގޮތްތައް އުނގަންނައިދިނުމަށް، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އާއި ބ. ޓީއާރުސީ އަދި ބ. އަތޮޅު ކައުންސިލް އިދާރާ ގުޅިގެން އޭދަފުށީގައި ވޯކް ޝޮޕެއް ފަށައިފި އެވެ.

ބ. އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ބ. ޓީއާރުސީގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕުގައި 43 ޓީޗަރުން ބައިވެރިވި އެވެ.

ހުރިހާ ކުދިން ޝާމިލް ކޮށްގެން ތަޢުލީމު ފޯރުކޮށްދޭނެ ގޮތްތައް އުނގަންނައިދިނުމަށް، އޭދަފުށީގައި މިއަދު ފެށި ވޯކުޝޮޕުގެ ތެރެއިން.– ފޮޓޯ: ބ. ޓީއާރުސީ

ވޯކްޝޮޕްގެ ކޯޑިނޭޓަރު ޓީޗަރ އެޑިޔުކޭޓަރު މުހައްމަދު އާރިފް ވިދާޅުވި ގޮތުގައި މި ވޯކްޝޮޕް ގައި ސްކޫލުތަކުގައި ކިޔަވައިދެއްވާ އިރު މުދައްރިސުން، ވަކިވަކި ކުދިންގެ ފަރުދީ ތަފާތުތަކަށް ރިޢާޔަތްކޮށްގެން ކަންތައްތައް ކުރަންވީ ގޮތާއި، އުނގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނައި ދިނުމުގައި އަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތައް މުދައްރިސުންނާާ ހިއްސާ ކުރެވޭނެ އެވެ.

ބ. އަތޮޅު ކައުންސިލުގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި ވޯކްޝޮޕުގެ ބައިވެރިންނަށް ކިޔަވައިދެއްވަނީ، މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.