ބ އަތޮޅު ޔުނިޓީ ފުޓްސަލް ޗެލެންޖުގައި ވާދަކުރާނެ ޓީމްތައް ކަށަވަރުވެއްޖެ

ބ އަތޮޅުގަ ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ ބ އަތޮޅު ޔުނިޓީ ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ މުބާރާތުގައި ބައިވެރިވާ 12 ޓީމް ކަށަވަރުވެއްޖެ އެވެ.

އަންނަ މާޗު މަހުގެ 9 ވަނަ ދުވަހު އޭދަފުށީގައި ބާއްވާ މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކުގެ ތެރޭގައި ހިމެނެނީ އޭދަފުށި 4 ޓީމަކާއި ދަރަވަންދޫ އަދި ކުޑަރިކިލުގެ ޓީމަކާއި ބ އަތޮޅުގެ 6 ރިޒޯޓެވެ.

އޭދަފުށިން މިމުބާރާތުގައި ބައިވެރިވެފައިވަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް އާއި ވެލާ ސިޓީ، އިރުމަތި ލަވާސް އަދި ޔުނައިޓެޑް ވީ އެވެ. އޭގެ އިތުރުން ދަރަވަންދޫގެ ކިންގްސް ޔުނައިޓެޑް އަދި ކުޑަރިކިލު އެކުވެރި ގައިޒްވެސް މިއަހަރުވެސް މި މުބާރާތުގައި ބައިވެރިވާނެއެވެ. މުބާރާތުގައި އަލަށް ބައިވެރިވެފައިވަނީ ދުސިތް ތާނީ މޯލްޑިވްސް، މިލައިދޫ ރިޒޯޓް އަދި ފިނޮޅު މޯލްޑިވްސް ރިޒޯޓް އެވެ. މި ތިން ރިޒޯޓްގެ އިތުރުން ދެން މި މުބާރާތުގައި ބައިވެރިވެފައިވަނީ ސޮނެވާފުށި ރިޒޯޓާއި އަމިއްލަފުށި އަދި ކޮކޯޕާމް ދުނިކޮޅު ރިޒޯޓެވެ.

މުބާރާތް އިންތިޒާމުކުރާ ކަލްބަ ދަ ގިބިނާސް އިން ބުނިގޮތުގައި މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުގެ ތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީ ކުރުން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

މިދިޔަ އަހަރުގެ މުބާރާތުގައިވެސް ޖުމްލަ 12 ޓީމަކުން ބައިވެރިވެފައިވާއިރު މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިރުމަތި ލަވާސް އާ ވާދަކޮށް ފެއިމްސް ޔުނައިޓެޑް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.