އަހަރުތަކަކަށްފަހު ތައުލީމީ މަރުކަޒުން އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން ބައިވެރިވެއްޖެ އެވެ.

ރާއްޖޭގައި ހިންގަމުންގެންދާ އެކިއެކި ސްކޫލް، މަދަރުސާ އަދި ކޮލެޖް ފެންވަރުގެ ތަންތަނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި ތިން އުމުރުފުރައެއް ކުރިއަށްދާނެ އެވެ. އެއީ 14 އަހަރުންދަށާއި، 16 އަހަރުންދަށް އަދި 18 އަހަރުންދަށުގެ އުމުރުފުރާއެވެ. ތައުލީމީ މަރުކަޒުން ވާދަކުރަނީ 18 އަހަރުން ދަށުގަ އެވެ.

މި މުބާރާތުގައި 18 އަހަރުން ދަށުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ދެން ވާދަކުރަނީ ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)) އާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

18 އަހަރުން ދަށުގެ ޝެޑިއުލް

17 މާޗު، (ހޮނިހިރު)، ސީއެޗްއެސްއީ – ބއތމ
19 މާޗު، (ހޯމަ)، ވިލާ ހައި ސްކޫލް – އަހްމަދިއްޔާ
22 މާޗު، (ބުރާސްފަތި)، ސީއެޗްއެސްއީ – އަހްމަދިއްޔާ
23 މާޗު (ހުކުރު)، ބއތމ – ވިލާ ހައި ސްކޫލް
25 މާޗު (އާދީއްތަ)، ވިލާ ހައި ސްކޫލް – ސީއެޗްއެސްއީ
26 މާޗު، (ހޯމަ)، ބއތމ – އަހްމަދިއްޔާ

ބ. އަތޮޅު ތައުލީމީ މަރުކަޒުން މި މުބާރާތުގައި އެންމެފަހުން ވާދަކުރީ 2012 ވަނަ އަހަރު އެވެ. އެފަހަރު މުބާރާތުން ކެޓީ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ދަތުމަވަންތަ ސްކޫލް އަތުން ބަލިވެގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.