ސްކޫލް ޓީމުގެ ކޯޗަކަށް ބައްޓޭ، އ. ކޯޗަކަށް ނާފި

މުހައްމަދު ޒާހިދު (ބައްޓޭ)

މިމަހު 17 ގައި ފަށާ މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގައި ވާދަ ކުރާ ބ. އަތޮޅު ތައުލީމީ މަރުކަޒު ޓީމުގެ ކޯޗަކަށް މުހައްމަދު ޒާހިދު (ބައްޓޭ) އަދި އެސިސްޓެންޓް ކޯޗަކަށް ނާފިއު މުހައްމަދު ހާމިދު (ނާފި) ހަމަޖައްސައިފި އެވެ.

މިނިވަން ޗެންޕިއަންޝިޕް ގައި އޭދަފުށި ޓީމަށް މިދިޔަ 3 އަހަރު ވެސް ކޯޗުކަން ކޮށްފައިވާ ބައްޓޭގެ އިރުޝާދުގެ ދަށުން ތައުލީމީ މަރުކަޒުގެ ޓީމު މިދިޔަމަހު 19 އިން ފެށިގެން ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމު 2012 ވަނަ އަހަރު މި މުބާރާތުގައި ވާދަކުރިއިރު ވެސް އެ ޓީމުގެ ކޯޗަކަށް ހުރީ ބައްޓޭ އެވެ.

އެސިސްޓެންޓް ކޯޗަކަށް ހަމަޖެއްސި ނާފިއު އަކީ ކުރިން ފުރަތަމަ ޑިވިޝަންގެ ޓީމުތަކަށް ކުޅެފައިވާ އޭދަފުއްޓަށް އުފަން ކުޅުންތެރިއެކެވެ.

މި މުބާރާތުގައި ތައުލީމީ މަރުކަޒު ވާދަކުރަންޖެހެނީ ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ އެވެ.

މި މުބާރާތުގެ 18 އަހަރުން ދަށުގެ މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.