އީއެމްސީން އޭދަފުށީގައި މެޑިކަލް ކޭމްޕެއް ބާއްވަނީ

ބ. އޭދަފުށީގައި ކަށީގެ ބަލިތަކާއި ލޮލުގެ ބަލިތަކަށް ޚާއްސަ މެޑިކަލް ކޭމްޕެއް ބާއްވަން އޭދަފުށީ މެޑިކަލް ސެންޓަރު (އީއެމްސީ) ން ނިންމައިފި އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން އިންތިޒާމްކޮށްގެން ބާއްވާ މެޑިކަލް ކޭމްޕް އޮންނާނީ މިމަހުގެ 8 ވަނަ ދުވަހާއި 17 އަދި 18 ވަނަ ދުވަހު އެ ކްލިނިކުގަ އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ބުނިގޮތުގައި މި މެޑިކަލް ކޭމްޕްގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް ދެ ޑޮކްޓަރު ހަރަކާތްތެރިވާނެ އެވެ. އެގޮތުން ކަށީގެ ބޮޑެތި އޮޕަރޭޝަން ތަކާއި ކަށްޓަށް ދިމާވާ ތަފާތު މައްސަލަތަކަށް ފަރުވާދެއްވުމަށް ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ މޮޅު ޑރ. ޔޫސުފް ޝާން އަދި ލޮލުގެ ބަލިތަކަށް ފަރުވާދިނުމަށް ހަރަކާތްތެރިވާނީ ކެރެލާ ސްޓޭޓްގެ ބެސްޓް ޑޮކްޓަރު އެވޯޑް ހާސިލުކޮށްފައިވާ ޑޮކްޓަރު ޑޭވިން ޕްރަބާކަރު އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ބުނިގޮތުގައި އަތޮޅުތެރޭގެ ގިނަ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިފަދަ ޑޮކްޓަރުންނަށް އެޕޮއިންޓްމެންޓް ހޯދުން ކަމަށެވެ. އެހެންވެ އެ ސެންޓަރުން މަސައްކަތްކުރަނީ އެ މައްސަލައަށް ލުޔެއް ހޯދައި ދިނުމަށް ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ޑރ. ޝާން އަށް ދެއްކުމަށް ނަން ނޯޓް ކުރަން ގުޅަން ޖެހެނީ 9631111، 7888567 އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.