ކައުންސިލުން ފުޓްބޯޅަ ޓީމަށް 74000ގެ ބަޖެޓެއް ފާސްކޮށްފި

މާދަމާ އޭދަފުށީގައި ފެށުމަށް ހަމަޖެހިފައިވާ މިނިވަން ޗެންޕިއަންޝިޕުގައި ބައިވެރިވާ އޭދަފުށީ ޓީމްގެ ހަރަދުތަކަށް ރަށު ކައުންސިލްގެ އާމްދަނީ އެކައުންޓުން ހަތްދިހަ ހަތަރުހާހަށްވުރެ ގިނަ ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.

މި އަހަރު ފުޓްބޯޅަ ޓީމުގެ ހަރަދުތަކަށް ކައުންސިލުން އެސްޓިމޭޓް ކޮށްފައިވަނީ 74670ރުފިޔާއެވެ. އަދި އެ ބަޖެޓަކީ އަތޮޅު މުބާރާތާއި، ޒޯން މުބާރާތުގެ ހަރަދުތައް އެކަނި ކަމަށާ، ފައިނަލް ރައުންޑަށް ޓީމު ހޮވިއްޖެނަމަ، އިތުރު ބަޖެޓެއް ފާސްކުރަން ޖެހިދާނެކަމަށް ވެސް ރަށު ކައުންސިލުން ބުންޏެވެ.

އޭދަފުށީ ކައުންސިލުން ބުނީ ފުޓްބޯޅަ ޓީމުގެ ހަރަދުތައް ކުރުމަށް ބޮޑު ބަޖެޓެއް ފާސްކުރި ނަމަވެސް ސްޕޮންސާގެ ގޮތުގައި ލިބޭނެކަމަށް ބެލެވޭ އެހީއާއެކު ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށެވެ. އަދި ސްޕޮންސާގެ ގޮތުގައި މިހާތަނަށް ފަނަރަވަރަކަށް ހާސްރުފިޔާގެ އެހީ ލިބިފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

މިނިވަން ޗެމްޕިއަންޝިޕަށް މިދިޔަ އަހަރު ތަކުގައި ވެސް އޭދަފުށީގެ ފުޓްބޯޅަ ޓީމުގެ ހަރަދުތަކަށް ރައްޔިތުންގެ މާލިއްޔާއިން ބޮޑެތި ހަރަދުތަކެއް ކޮށްފައިވެއެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރު މިނިވަން ޗެންޕިއަންޝިޕްގައި ވާދަކުރުމަށް ޖުމްލަ ތިންލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކުރުމަށް އޭރު ކައުންސިލުން ފާސްކޮށްފައިވެ އެވެ.
މިނިވަން ޗެންޕިއަންޝިޕްގައި ބ. އަތޮޅުން މިއަހަރު ވާދަކުރަނީ އޭދަފުއްޓާއި، ފެހެންދޫއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.