ޑުސިޓް އާއި އެކުވެރި ގައީޒް އެއްވަރުވިއިރު، ޔުނައިޓެޑް ވީ މޮޅުވެއްޖެ

ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ފުރަތަމަ މެޗުގައި ޑުސިޓް ތާނީ މޯލްޑިވްސް އާއި ކުޑަރިކިލު އެކުވެރި ގައީޒް ބައްދަލުކުރި މެޗުގެ ތެރެއިން

އޭދަފުށީގައި މިއަދު ހަވީރުފެށި ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ފުރަތަމަ މެޗުގައި ޑުސިޓް ތާނީ މޯލްޑިވްސް އާއި ކުޑަރިކިލު އެކުވެރި ގައީޒް އެއްވަރުވި އިރު، އަމިއްލަފުށީ އަތުން ޔުނައިޓެޑް ވީ މޮޅުވެއްޖެ އެވެ.

ޑުސިޓް ތާނީ މޯލްޑިވްސް އާއި ކުޑަރިކިލު އެކުވެރި ގައީޒް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 އިންނެވެ. މި މެޗުގައި ޑުސިޓްއަށް އީނާސް އިލާޔްސް ލަނޑު ޖަހައިދިންއިރު، އެކުވެރި ގައީޒް އަށް ލަނޑު ޖަހައިދިނީ ހުސައިން ނަޒީހު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ ޑުސިޓްގެ އާދަމް ޚަލީލު އެވެ.

ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ފުރަތަމަ މެޗުގައި ޑުސިޓް ތާނީ މޯލްޑިވްސް އާއި ކުޑަރިކިލު އެކުވެރި ގައީޒް ބައްދަލުކުރި މެޗުގެ ތެރެއިން

އަމިއްލަފުށީ ރިސޯޓްގެ މައްޗަށް ޔުނައިޓެޑް ވީން ކުރި ހޯދީ 5-2 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ޔުނައިޓެޑް ވީގެ އަބްދުﷲ ސައްފާނު އިބްރާހިމް ހަތަރު ލަނޑު ޖެހިއިރު އަނެއްލަނޑު ޖެހީ ސާމީ އިބްރާހީމް އެވެ. އަމިއްލަފުށީގެ ދެ ލަނޑުޖެހީ ހުސައިން ޝިފާހު އެވެ.

މުބާރާތުގައި މާދަމާ ހަވީރު ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި އިރުމަތީ ލަވާސް އާ ދެކޮޅަށް ނުކުންނާނީ މިލައިދޫ ރިސޯޓެވެ. ދެވަނަ މެޗުގައި ވެލާސިޓީ ވާދަކުރާނީ ފިނޮޅު ރިސޯޓާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.