
ބ. އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ސޮނެވާފުށި ރިސޯޓް އަތުން 6-0 އިން އެންމެފަހު ޗެމްޕިއަން އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ފަސޭހަކަމާއެކު މޮޅުވެއްޖެ އެވެ.
އޭދަފުށީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފެއިމްސްގެ ހައްފާފު ސިދުޤީ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ވެސް ހައްފާފު އަށެވެ. ފެއިމްސްގެ އަނެއް ހަތަރު ލަނޑު ޖެހީ އަބްދުﷲ ޒައީމް އާއި އަޒްމީން އަބްދުއްސައްތާރު އަދި މުހައްމަދު ހަންމާދު އާއި ހާފިޒު އަހުމަދު އެވެ.
މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ކޮކޯޕާމް ދުނިކޮޅު ރިސޯޓުގެ މައްޗަށް ކިންގްސް ޔުނައިޑެޓުން ކުރި ހޯދީ 5-2 އިންނެވެ. އެ މެޗުގައި ކިންގްސްގެ މުހައްމަދު ނާޝިދު ހަތަރު 2 ޖެހިއިރު އަނެއް ދެ ލަނޑުޖެހީ އަހްމަދު ސާން އާއި ސާމިހު އަލީ ޝަރީފު އެވެ.
މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމެ މެޗުން މިލައިދޫ ރިސޯޓް އަތުން އިރުމަތީ ލަވާސް މޮޅުވީ 5-1 އިންނެވެ. ދެވަނަ މެޗުގައި ފިނޮޅު ރިސޯޓާ ވާދަކޮށް ވެލާސިޓީ ކާމިޔާބުކުރީ 2-1 އިންނެވެ.
މި މުބާރާތުގެ ދެ މެޗު މާދަމާވެސް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ޔުނައިޓެޑް ވީ އާ ދެކޮޅަށް ނުކުންނާނީ ޑުސިޓް އެވެ. ދެވަނަ މެޗުގައި ކުޑަރިކިލު އެކުވެރި ގައިޒް އާ ވާދަކުރާނީ އަމިއްލަފުށި ރިސޯޓާ އެވެ.
