އިންޓަ ސްކޫލު ފުޓްބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު ކުޅުނު މެޗުގައި ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އާއި ބ. އަތޮޅު ތައުލީމީ މަރުކަޒު (ބއތމ) ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖަހާނެ ފުރުސަތުތަކެއް ދެ ޓީމުން ވެސް ހޯދި ނަމަވެސް އެއިން ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވި އެވެ.
ބއތމގެ ޓީމުން ބުނީ މިއީ އޭނާ މިއަދު އެ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާދެތެރޭ ހިތްހަމަޖެހޭ ކަމަށާއި މިއީ ޕޮޒިޓިވް ނަތީޖާއެއް ކަމަށެވެ.
މުބާރާތުގައި ބއތމ ކުޅޭ ދެވަނަ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އާ ދެކޮޅަށެވެ.