އުރީދޫ މޯލްޑިވްސްގެ އިތުރު އެންޓަނާއެއް އޭދަފުށީގައި ޖެހުމުގެ މަސައްކަތް ފަށައިިފި އެވެ.
މިރަށު އިރު ދެކުނު ހިއްކި ބިމުގައި 35 މީޓަރު ދިގު މިއެންޓަނާ ޖެހުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ ކުންފުންޏަކުން ކަމަށެވެ. އެ މަސައްކަތް ފެށީ މިދިޔަ ހަފްތާގަ އެވެ.
އުރީދޫގެ ނެޓްވޯކް ފުޅާކޮށް ކަވަރޭޖް ރަނގަޅުކުރުމުގެ ގޮތުން ޖަހާ އެ އެންޓަނާގެ މަސައްކަތް ކުއިއަށް އިތް ހަފްތާއެއްހާ ދުވަސްތެރޭގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އުރީދޫ މޯލްޑިވްސްއިން އޭދަފުށީގައި ފުރަތަމަ އެންޓަނާއެއް ޖެހީ 2005 ވަނައަހަރުގެ ތެރޭގައެވެ. އޭދަފުށީ ހުޅަނގު ކޮޅުގައި ޖަހާފައިވާ އެ އެންޓަނާގެ ދިގުމިނުގައި 55 މީޓަރު ހުރެއެވެ.
ނެޓްވޯކް ކަވަރޭޖް ރަނގަޅުކުރުމަށްޓަކައި މިދިޔަ އަހަރު ދިރާގުންވެސް އެ ސަރަހައްދުގައި އިތުރު އެންޓަނާއެއް ވަނީ ޖަހައިފަ އެވެ.