ބ. ދަކަންދޫ ވަރުވާއަށް ހުޅުވާލއިފި
ބ. ދަކަންދޫ އާއެކު 25 ފަޅުރަށެއް ބީލަމުގެ އުސޫލުން ވަރުވާއަށް ދޫކުރަން ހުޅުވާލައިފި އެވެ.
25 ރަށެއް ވަރުވާއަށް ދޫކުރަން ހުޅުވާލިއިރު އެންމެ ގިނަ ރަށް ހިމަނާފައި ވަނީ އުތުރުގެ ހއ. އަތޮޅުންނެވެ. ދެން ހިމެނެނީ ރ. އަތޮޅާއި ބ. އަތޮޅާއި އދ. އާއި ގއ. އާއި ގދ. އާއި އައްޑު އަތޮޅެވެ.
މި ރަށްތަކުގެ ބިޑްފޯމް ވިއްކަނީ މި މަހުގެ 25 އިން ފެށިގެން އޭޕްރީލް މަހުގެ 15 އަށެވެ. ބިޑް ފޯމެއްގެ އަގަކީ 20ރ. އެވެ.
މިދިޔަ އަހަރު ވެސް ގިނަ ފަޅުރަށްތަކެއް ވަރުވާއަށް ދޫކޮށްފައިވެ އެވެ.