މީދޫ ބަލިކޮށް ފެހެންދޫން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

ފެހެންދޫ ފުޓްބޯޅަ ޓީމް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން ތިނެއްގައި މިއަދު ހަވީރު ރ. މީދޫ 1-0 އިން ބަލިކޮށް ފައިނަލުގެ ފުރުސަތު ފެހެންދޫ ޓީމުން ބޮޑުކޮށްފި އެވެ.

ނައިފަރު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ފެހެންދޫ ޓީމުގެ ހަމައެކަނި ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި ޖަހައިދިނީ ހުސައިން އީމާން (މާނު) އެވެ. މާނު މި ލަނޑު ޖެހީ ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުލް މަޖީދު އިބްރާހީމް (މަޖިއްޓޭ) ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

މިއަދު މެޗުން މޮޅުވުމުން މީދޫ އަދި ފެހެންދޫއަށްވެސް ވަނީ 3 ޕޮއިންޓް ލިބިފައެވެ. ފުރަތަމަ މެޗުގައި މީދޫ އަތުން ބަލިވި ނައިފަރަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. މި މުބާރާތުގެ ޒޯން ތިނެއްގެ މެޗެއް ދެން ކުޅޭނީ އަންނަ ހުކުރު ދުވަހުއެވެ. މި މެޗުގައި ބައްދަލުކުރާނީ ފެހެންދޫ އަދި ނައިފަރެވެ. މި މެޗު އެއްވަރު ވެއްޖެނަމަ ފައިނަލަށް ދާނީ ފެހެންދޫ އަދި މީދޫ އެވެ. ނައިފަރަށް ފައިނަލުގެ ފުރުސަތު ލިބޭނީ ފެހެންދޫ ބަލިކޮށްގެންނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ފައިނަލް ބުރުގެ ފުރުސަތު ލިބިގެންދާނެއެވެ. ފައިނަލް ބުރަށް މިހާރު ކޮލިފައި ވެފައިވަނީ ދ. ކުޑަހުވަދޫ އާއި ގދ. ތިނަދޫ އަދި އއ. މާޅޮހުގެ އިތުރުން ޒޯން އެކެއްގެ ޗެމްޕިއަން ހއ. މުރައިދޫ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.