ރަންނާ އެވޯޑް 14 ބޭފުޅަކަށާއި ޖަމިއްޔާއަކަށް

ބ. އަތޮޅު ކައުންސިލުންދޭ ރަންނާ އެވޯޑްގެ ޝަރަފުވެރި ކަމުގެ އެވޯޑާއި ހިތްވަރުދިނުމުގެ އެވޯޑް 15 ބޭފުޅަކަށް މިރޭ އަތޮޅު ކައުންސިލުން ދީފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިހާރު ކުރިއަށްދާ، ރަންނާ އެވޯޑުގެ ޝަރަފުވެރިކަމުގެ އެވޯޑާއި ހިތްވަރުދިނުމުގެ އެވޯޑްތައް ހަވާލުކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑޮކްޓަރ ޢަލީ ޝަމީމް އެވެ.

ރަންނާ އެވޯޑުގެ ޝަރަފްވެރިކަމުގެ އެވޯޑް ދެ ބޭފުޅަކަށް ލިބިވަޑައިގަތްއިރު ހިތްވަރު ދިނުމުގެ ރަންނާ އެވޯޑް 13 ބޭފުޅަކަށް ލިބިވަޑައިގަތެވެ. ޝަރަފްވެރިކަމުގެ އެވޯޑް ލިބިވަޑައިގަތް ދެ ބޭފުޅުންނަކީ އިޖްތިމާއީ ޚިދުމަތުގެ ދާއިރާއިން އޭދަފުށީ ހަތިހާ ޢަބްދުއްސައްތާރު ޢަލީ އާއި ތަޢުލީމީ ދާއިރާއިން ކުޑަރިކިލު، ހަޒާރުމާގޭ، ޢަބްދުލްޙަމީދު އާދަމް އަށެވެ.

ހިތްވަރު ދިނުމުގެ ރަންނާ އެވޯޑް

1. ސިއްހީ ދާއިރާ (ހަކީމީ ބޭސްވެރިކަން) އާމިރާ ސުލައިމާން، ފެހިގެ، ބ. ކެންދޫ.
2. މުހިފޫހިފިލުވުމުގެ ދާއިރާއި: މުޙައްމަދު މޫސާ، ތަނޑިރަތްމާގެ، ބ. ދޮންފަން.
3. އަތްތެރި މަސައްކަތުގެ ދާއިރާ: އިބްރާހީމް ޞާލިޙް، ފަސްތަރި، ބ. ތުޅާދޫ.
4. ކުޅިވަރުގެ ދާއިރާ: ޒައުރާ ޢަބްދުﷲ، އަސަރީވިލާ، ބ. ތުޅާދޫ.
5. ފަތުރުވެރިކަމުގެ ދާއިރާ: (ޑައިވިން ކުރުމާއި ޑައިވިން ދަސްކޮށްދިނުން) ޢަބްދުﷲ މުފީދު، ސްޓަރލިން، ބ. ކުޑަރިކިލު.
6. ފަތުރުވެރިކަމުގެ ދާއިރާ: (އޭވިއޭޝަން ދާއިރާ): ނާޒިމް ޢަބްދުއްސައްތާރު، ހަތިހާ، ބ. އޭދަފުށި.
7. ދިވެހި ބަހާއި ޢަދަބިއްޔާތަށް ޙިދުމަތްކުރުމުގެ ދާއިރާ: ޢަބްދުﷲ މުޢާޒް، ދޭލިޔާގެ، ބ. ދަރަވަންދޫ.
8. މަސްވަރިކަމުގެ ދާއިރާ: ޢަބްދުއްސައްތާރު، ލީބިޔާ، ބ. އޭދަފުށި.
9. ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާ: ޝަމީމާ އަޙްމަދު، އުއްސަކުރުވާދީ، ބ. ތުޅާދޫ.
10. ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ: މުޙައްމަދު ޝަނޫން، ނައިޓްވިލާ، ބ. ފެހެންދޫ.
11. އިޖުތިމާއީ ޚިދުމަތުގެ ދާއިރާ: ޢަބްދުﷲ ނަސީމް، މޫންލައިޓް، ބ. ކިހާދޫ.
12. އިޖުތިމާއީ ޚިދުމަތުގެ ދާއިރާއިން (ހިލޭ ސާބަހަށް މަސައްކަތްކުރުން) އަޙްމަދު ނަޒީރު، ޗާންދަނީގެ، ބ. އޭދަފުށި
13. އިޖުތިމާއީ ޚިދުމަތުގެ ދާއިރާ: (ޖަމްއިއްޔާތަކުގެ ބައިން) ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި ޖަމްއިއްޔާ)

މީގެ އިތުރުން މަތީ ދަރަޖަ ހާސިލުކޮށްފައިވާ ފަރާތްތަކަށާއި ސާނަވީ/މަތީ ސާނަވީ އަދި ކުޅިވަރުގެ ބައިން ވަނަތައް ހޯދައިދީފައިވާ ފަރާތްތަކަށްވެސް އެވޯޑް ދީފައިވެ އެވެ. އަދި މީގެ އިތުރުން ބ. އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަށާއި އެންމެ ހިންގުންތެރި ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށްވެސް އެވޯޑްދިނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.