ޔޫއެންޑީޕީގެ ޔޫތު ލީޑާޝިޕް ޕްރޮގްރާމް ބ. އަތޮޅުގައި ބާއްވައިފި

ޔޫއެންޑީޕީ އާއި ސޮނެވާފުށި ގުޅިގެން ބޭއްވި އިކޯ ކޭމްޕްގެ ތެރެއިން: ފޮޓޯ/ޔޫއެންޑީޕީ

ޔޫއެންޑީޕީގެ ޔޫތު ލީޑާޝިޕް ޕްރޮގްރާމް ސޮނެވާފުށީ ރިސޯޓާ ގުޅިގެން ބ. އަތޮޅުގައި ބާއްވައިފި އެވެ.

ޔޫއެންޑީޕީ އާއި ސޮނެވާފުށި ގުޅިގެން ބޭއްވި އިކޯ ކޭމްޕްގެ ތެރެއިން: ފޮޓޯ/ޔޫއެންޑީޕީ

ޔޫއެންޑީޕީން ބުނިގޮތުގައި “އިކޯ ކޭމްޕް” ގެ ނަމުގައި މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގައި ބ. އަތޮޅުން 26 ޒުވާނުން ބައިވެރިވި ކަމަށެވެ.

ޔޫއެންޑީޕީ އާއި ސޮނެވާފުށި ގުޅިގެން ބޭއްވި އިކޯ ކޭމްޕްގެ ތެރެއިން: ފޮޓޯ/ޔޫއެންޑީޕީ
ޔޫއެންޑީޕީ އާއި ސޮނެވާފުށި ގުޅިގެން ބޭއްވި އިކޯ ކޭމްޕްގެ ތެރެއިން: ފޮޓޯ/ޔޫއެންޑީޕީ

ޔޫއެންޑީޕީން ބުނިގޮތުގައި މި ޕްރޮގްރާމް ހާއްސަކުރީ ރަށްރަށުގައި މުޖުތަމައަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އިސްނަގައިގެން ބައިވެރިވުމުގެ މުހިންމު ކަމުގެ މައްޗަށެވެ. އެ ޕްރޮގްރާމްގައި ތަމްރީނާއި ހުނަރު ދަސްކޮށްދިނުމުގެ އިތުރުން އަމަލީ ގޮތުން ބައެއް ހަރަކާތްތަކުގައި އެ މީހުން ބައިވެރިކުރި އެވެ. އަދި ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނަކާއި ބައިވެރިން ސްނޯކްލިން އަށް ގެންގޮސް ހިމާޔަތްކޮށްފައިވާ ވެލާ ކަހަނބު ފަދަ ތަކެތި ސަލާމަތްކުރާނެ ގޮތުގެ މައުލޫމާތު ސޮނެވާފުށީ ރިސޯޓާ ގުޅިގެން ދީފައިވާ ކަމަށް އެ ޖަމާއަތުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.