ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލުއި އެކްސްޕްރެސް ލޯނު އަދި ލުއި ޕްރޮފެޝަނަލް ލޯނެއް ނަގައިގެން، ލޯނަށް ދެއްކި ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލް އިން މިއަދު ފެށި ޕްރޮމޯޝަނަކީ މިމަހަށް ހާއްސަކޮށްގެން ފެށި ޕްރޮމޯޝަނެކެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި އެ ބޭންކްގެ ލުއި އެކްސްޕްރެސް އަދި ލުއި ޕްރޮފެޝަނަލް ލޯނެއް ނަގައިގެން، ލޯނަށް ދެކި ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް، ލޯނުގެ އަގު އަދާކުރުމަށްޓަކައި އެ ފަރާތަކުން ލޯނުގެ ގޮތުގައި ނެގި އަދަދު އަނބުރާ ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އެގޮތުން 100،000 ރުފިޔާއާ ހަމައަށް ފައިސާ ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.