“މަމެން” ޕްރިޕެއިޑް މޯބައިލް އެޕާ އެކު ދެގުނަ ލިބޭ ޕްރޮމޯޝަނެއް

މަމެން ޕްރޮމޯޓްކުރަން ދިރާގުން ކުރިއަށްގެންދާ ހަރަކާތް ތަކުގެ ތެރެއިން- ފޮޓޯ: ދިރާގު

އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭގޮތަށް އުފެއްދި އިންގިލާބީ މޯބައިލް ޕރީޕެއިޑް ޕްލޭން މަމެންނާ ގުޅިގެން ވަރަށް ހާއްސަ ޕްރޮމޯޝަނެއް ދިރާގުން މިހަފްތާ ބަންދުގެ ތެރޭގައި ފަށްޓައިފިއެވެ. ޒުވާނުންނަށް ބޮޑަށް އަމާޒުކޮށްގެން ނެރެފައިވާ މަމެންއަކީ މިހާތަނަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފްކުރި ކަސްޓަމަރު އަމިއްލައަށް މޯބައިލް ޕްލޭން ރާވާލެވޭ ޕްރީޕެއިޑް ޕްލޭނެވެ.

ހުކުރު ދުވަހު ހަވީރުން ފެށިގެން ޒުވާނުންނަށް ހާއްސަކޮށް އަމާޒުކޮށްގެން ހިންގާ މި ޕްރޮމޯޝަނުގައި ކުރިން މަމެން އެޕް އިން ލިބޭ ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ގެ އަދަދު ދެ ގުނައަށް ވަނީ އިތުރުކޮށްފަ އެވެ.

މަމެން ޕްރޮމޯޓްކުރަން ދިރާގުން ކުރިއަށްގެންދާ ހަރަކާތް ތަކުގެ ތެރެއިން- ފޮޓޯ: ދިރާގު

މީގެ އިތުރުން ޑިޖިޓަލް ލައިފްސްޓައިލްތަކަށް ލޯބިކުރާ ޒުވާނުންނަށް މަމެން ކަމުދާނެ ސަބަބުތައް ކިޔައިދިނުމާއި އެޕް މެދުވެރިކޮށް ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމުގައި ކަސްޓަމަރު ބާރުވެރިވާ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން މިޔުޒިކާއި ތަފާތު ހުނަރު ދައްކާލާ ވަރަށް ކުލަ ގަދަ އިވެންޓްތައް މާލެއާއި އަތޮޅުތެރޭގައި ދިރާގުން ދަނީ ބާއްވަމުންނެވެ.

މަމެންނަކީ ކޮބާ

މަމެންނަކީ ޕްރީޕެއިޑް މޯބައިލް ޕްލޭނެކެވެ. މަމެންގައި ބައިވެރިވެނޭނީ އެޕް ފޯނަށް ޑައުންލޯޑްކުރުމަށްފަހު ޕްލޭންގައި ބައިވެރިވެގެނެވެ. ޕްރިޕެއިޑް ކަސްޓަމަރުންނަށް ވަގުތުން ބައިވެރިވެވޭ ހިނދު އެހެން ކަސްޓަމަރުން އެކަމަށް ހާއްސަ ސިމެއް ނުވަތަ ޕްރީޕެއިޑް ސިމެއް ހޯދަންޖެހެއެވެ. މަމެން ޕްލޭންގައި ސީދާ ފައިސާ ނުގެންގުޅޭނެއެވެ. ބޭނުންކުރާނީ އާރް ބީ (ރާޅުބިސް ކުރުކޮށް) އެވެ. ހިނގާ ހަމައެކަނި ފައިސާގެ މުއާމަލަތަކީ އާރްބީ ގަންނަން ހިންގާ މުއާމަލާތެވެ. އާރްބީ ސީދާ އެޕް މެދުވެރިކޮށް، ނުވަތަ ރީލޯޑް ނުވަތަ ރީޗާޖް ވައުޗަރ މެދުވެރިކޮށް ގަނެވޭނެއެވެ. އާރްބީ އަކީ ގިނަދުވަހަށް ދެމިހުންނަ އެއްޗެކެވެ. މަސް ނިމުމަކުން ބޭނުންނުކޮށް ހުރެގެން އަދި އާރްބީއެއް ނުގެއްލޭނެއެވެ.

މަމެންއިން ކަސްޓަމަރުން ބާރުވެރިކުރުވަނީ ކިހިނެތް؟

މަމެންގައި ހިމެނެނީ މައިގަނޑު ހަތަރު އަސާސީ ސިފައެވެ.

1) އެމީހަކު ބޭނުންވަރަކަށް ޑޭޓާ،ވޮއިސް އަދި އެސްއެމްއެސް އެޕްގައި އެކަމަށް އިންނަ ހާއްސަ ސްލައިޑަރެއް ދަމާލައިގެން ފަސޭހަކަމާއެކު ހޯދޭނެއެވެ. ޑޭޓާ ގިނަކޮށްފައި ވޮއިސް މަދުކޮށްލަންވީއެވެ. ނުވަތަ 3 ކަންތައް އެއް ހަމައެއްގައި ބަހައްޓަންވީއެވެ. އެމީހަކު ބޭނުންގޮތެކެވެ.

2) މަމެންގައި އަމިއްލައަށް ކަނޑައަޅާ ޕްލޭން ބޭނުން އިރަކު ހަމަ އެހާފަސޭހައިން ސްލައިޑަރ ދަމާލައިގެން އެޕުން ބަދަލުކޮށްލެވޭނެއެވެ. އަދި އެކަންގޮތަކަށް ކިތަންމެ ފަހަރަކުވެސް ކުރެވިދާނެއެވެ. އަދި ގަނެފައިވާ ޑޭޓަ ނުވަތަ ވޮއިސް ނުވަތަ އެސްއެމްއެސް އަނބުރާ އާރްބީ އަށް ބަދަލުކޮށްލެވޭނެއެވެ. ބޭނުންކުރާ ފަރާތްތަކަށް ފުރިހަމަ މިނިވަންކަން އޮވެއެވެ.

3) މަމެން އެޕުން ފޯނު ބޭނުންކުރާ މިންވަރު ނުވަތަ ޔޫސޭޖް ވަގުތުން ވަގުތަށް ފަސޭހައިން ބަލާލެވޭނެއެވެ. ފޯނުން ކްރެޑިޓް ހޭދަވާގޮތް ނޭނގި އުޅޭކަށް ނުޖެހެއެވެ. ޔޫސޭޖް ބަލާފަ އެމީހަކަށް ކަމުދާގޮތަށް އެޕް ފަރުމާކުރަންވީއެވެ.

4) ގާތްތިމާގެ މީހުންނާއި ރައްޓެހިން (ނުވަތަ އެނޫންވެސް ފަރާތަކަށް) ފަސޭހައިން އާރްބީ ފޮނުވައި ހަމައެހާމެ ފަސޭހައިން އާރްބީ ހޯދުމަށް އަހާލެވޭނެއެވެ. މަމެނިއަރސް (މަމެންގެ އަހުލުވެރިން) ފަސޭހަކަމާއެކު އެކަކު އަނެކަކުގެ ކިބައިން އާރްބީ ހޯދާ ފޮނުވާހެދެއެވެ. ދިގު ޕިންކޯޑް ނުޖަހާ ދެތިން ކްލިކަކުން އެޕް މެދުވެރިކޮށް ރައްޓެއްސަކަށް ޑޭޓާ ނުވަތަ ވޮއިސް ނުވަތަ އެސްއެމްސް ފޯރުކޮށްދެވިދާނެއެވެ. ނުވަތަ އަހައިގެން އަމިއްލަ ބޭނުމަށް ހޯދިވެސް ދާނެއެވެ.

މަމެން ޕްރޮމޯޓްކުރަން ދިރާގުން ކުރިއަށްގެންދާ ހަރަކާތް ތަކުގެ ތެރެއިން- ފޮޓޯ: ދިރާގު

މަމެން ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓްތައް

މަމެން ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ދިރާގުން ވަނީ އެކި ކެފޭތަކާއި ލައިފްސްޓައިލް ވިޔަފާރިތަކާ ޕާރޓްނަރ ވެގެން މަމެނިއަރސް އަށް ހާއްސަ ޑިސްކައުންޓަކާއި އޮފަރ ތައް ފޯރުކޮށްދިނުމަށް ގަސްތުކޮށްފައެވެ. މަމެން ޕްލެޓްފޯމް މެދުވެރިކޮށް އެކި ހަފްތާގައި ތަފާތު އެކި އޮފަރތައް މިދެންނެވި ޕާޓަނަރ ވިޔަފާރިތަކުން ލިބޭނެއެވެ.

މުސްތަޤްބަލް މިއަދު: ދިރާގުން ދިވެހި މުވާސަލާތް ކުރިއެރުވުން

މި އަހަރަށް ދިރާގުން ރާއްޖޭގައި މުވާސަލާތުގެ ހިދުމަތް ދޭން ފެށިތާ 30 އަހަރު ފުރުނީއެވެ. މި 30 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގައި މުވާސަލާތާއި ޑިޖިޓަލް ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ. މަމެން ޕްލޭނާއި އެޕަކީ މި ދެންނެވުނު ކުރިއެރުމުގައި އަނެއްކާވެސް ދިރާގުން އެޅި މުހިއްމު ފިޔަވަޅެކެވެ. މުސްތަގްބަލަށް ކަސްޓަމަރުން ބާރުވެރިކުރުމަކީ ކުންފުންޏަށް އަބަދުވެސް ލިބިގެންދާނެ އެންމެ ބޮޑުކުރިއެރުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.