އިންސްޓަގްރާމް ކުރަން ދުނިޔޭގަ އެންމެ ރީތީ އަނަންތަރާ ކިހަވައް

ބ. އަތޮޅުގައި އޮންނަ އަނަންތަރާ ކިހަވައް ވިލާސް.

އިންސްޓަގްރާމް ކުރަން ދުނިޔޭގެ އެންމެ ރީތި ހޮޓަލެއްގެ ގޮތުގައި ބ. އަތޮޅުގައި އޮންނަ އަނަންތަރާ ކިހަވައް މޯލްޑިވްސް ވިލާސް ހޮވިއްޖެ އެވެ.

ފަތުރުވެރިކަމުގެ ހަބަރުތައް ގެނެސްދޭ މޯލްޑިވްސް އިންސައިޑާ ގައި ބުނެފައިވާ ގޮތުގައި އަނަންތަރާއަށް މި ލަގަބު ލިބުނީ ލަގްޒަރީ ޓްރެވަލް އެޑްވައިޒާ އިން ނެގި ވޯޓެއްގައި ލިބުނު 120000 ވޯޓުގެ ތެރެއިން ގާތްގަނޑަކަށް ދެބައި ކުޅަ އެއްބައި ވޯޓާއެކުއެވެ.

އެގޮތުން އަނަންތަރާ ކިހަވައް ރިސޯޓު އެއްވަނަ ހޯދާފައި ވަނީ އިންޑޮނޭޝިއާގެ ބާލީގައި ހުންނަ ރިޒް-ކާލްޓަން ހޮޓެލާއި މެކްސިކޯގެ ހޮޓެލް މެޓިލްޑާއާއި ވިސަރޯއި ލޮސް ކާބޮސް ފަހަތަށް ޖެއްސުމަށް ފަހެވެ.

މި އެވޯޑާއެކު އަނަންތަރާގެ ޖެނެރަލް މެނޭޖަރު ޑިލަން ކައުންސެލް ވަނީ ލަގްޒަރީ ޓްރެވަލް އެޑްވައިޒަގެ ވޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

އަނަންތަރާ ކިހަވައް ވިލާސް އިން ވަނީ މިދިޔަ އަހަރުގެ ވާލްޑް ޓްރެވެލް އެވޯޑްސްގައި ވާލްޑްސް ލީޑިންގ އަންޑަވޯޓަރ ހޮޓެލް ރެސްޓޯރަންޓް އެވޯޑާއި ރާއްޖޭގެ ލީޑީންގ ވިލާ ރިސޯޓް އެވޯޑްވެސް ހާސިލުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.