ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ލަނޑާގިރާވަރު އާއި އަނަންތަރާ އަދި ރޯޔަލް އާއި ސޮނެވާފުށި ހޮވިއްޖެ އެވެ.
ހަ ރިސޯޓުން ވާދަކުރާ މި މުބާރާތުގެ ގްރޫޕް އޭ އިން ލަނޑާގިރާވަރު އެއްވަނަ ހޯދީ ތިން ޕޮއިންޓާއެކު ފައިދާ އެއް ގޯލުންނެވެ. މިގްރޫޕުން ދެ ވަނަ ހޯދި އަނަންތަރާ އަށްވެސް ލިބުނީ ތިނ ޕޮއިންޓެވެ.
ގްރޫޕް ބީން އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިޔަ އެންމެފަހުގެ ޗެމްޕިއަން ސޮނެވާ އަށް ލިބުނީ ހަ ޕޮއިންޓެވެ. އެއީ ކުޅުނު ދެ މެޗުވެސް ކާމިޔާބު ކޮށްގެންނެވެ. މި ގްރޫޕުން ދެ ވަނަ ލިބުނު ރޯޔަލް އަށް ލިބުނީ ތިން ޕޮއިންޓެވެ.
ސެމީ ފައިނަލް ފުރަތަމަ މެޗު އޮންނާނީ މާދަމާ ހަވީރު އެވެ. ބައްދަލުކުރާނީ ލަނޑާގިރާވަރު އާއި ރޯޔަލް އެވެ. އާދީއްތަ ދުވަހު ކުޅޭ ސެމީފައިނަލް ދެވަނަ މެޗުގައި ބައްދަލުކުރާނީ ސޮނެވާ އާއި އަނަންތަރާ އެވެ. މުބާރާތުގެ ފައިނަލް މެޗް އޮންނާނީ ޖުލައި 3 ގަ އެވެ.