ޔޫތު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ކިންގްސް ޔުނައިޓެޑަށް

ޗެންޕިއަން ޓީމަށް ޓްރޮފީ ހަވާލްކޮށްދެނީ– އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ބ. ދަރަވަންދޫ ކައުންސިލުން ބޭއްވި ޔޫތު ފުޓްސަލް ޗެލެންޖު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެ ރަށު ކިންގްސް ޔުނައިޓެޑް ޓީމު ހޯދައިފި އެވެ.

ދަރަވަންދޫ ކައުންސިލުން ޗެމްޕިއަން ޓީމަށް 10،000ރ. ހުށަހަޅާފައިވާ މުބާރާތް ކިންގްސް ޔުނައިޓް އިން ކާމިޔާބުކުރީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި އެރަށު ފްރެންޑްސް ޔުނައިޓެޑް އަތުން ފަސޭހަ ކަމާއެކު 6-1 އިން މޮޅުވެގެންނެވެ. މުބާރާތުގެ ރަނައަޕް ޓީމަށް ދީފައިވަނީ 6000ރ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ މުބާރާތުގައި އެންމެގިނަ ލަނޑުޖެހި ކިންގްސް ޔުނައިޓެޑްގެ އަހްމަދު އަހިހަމް އާއި އީމާން އިލްޔާސް އާއި އަޝްހަމް އަހްމަދު އާއި ފްރެންޑްސް ޔުނައިޓެޑްގެ ހުސައިން ޝާފިއު އަދި މުބާރާތުގެ ފެއާ ޕްލޭޓިމަށް ހޮވުނު ދޮންފަނު ޓީމުގެ މުހައްމަދު މުސްތާގު އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ފްރެންޑްސް ޔުނައިޓެޑްގެ އަހްމަދު ޔާމީން އެވެ.

ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ ދަރަވަންދޫ ކައުންސިލުގެ ރައީސް އަލީ މާޖިދު އެވެ․

ދަރަވަންދޫ ކައުންސިލުން ބުނީ މި އަހަރުގެ މުބާރާތުގައިވެސް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުނު ކަމަށާއި އެގޮތުން ޚާއްޞަ ގޮތެއްގައި ދިރާގު، އެޓޯލް ކިއުޓް، ހަނީ ބަނީ ފެމެލީ ސްޓާރ، ބްރައިޓް ކޭވް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އާއި ބ. އަތޮޅު ކައުންސިލުގެ މެންބަރު އައިޝަތު ޝިފާނާގެ ނަން ދަރަވަންދޫ ކައުންސިލުން ފާހަގަ ކުރެއްވި އެވެ․

މިއީ ޒުވާނުންނަށް ހާއްސަ ކޮށްގެން ދަރަވަންދޫ ކައުންސިލުން މި މުބާރާތް ބޭއްވި ދެވަނަ އަހަރެވެ․ މިއަހަރު މި މުބާރާތުގައި އަށް ޓީމު ވާދަކުރި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.