ބީއެމްއެލް ވާއު ކިޑްސް ރަން މި އަހަރު ޗެރިޓީ ރަން އަކަށް

މިފަހަރު ދުވުން ބާއްވަނީ ޗެރިޓި ދުވުމެއްގެގޮތުގައި — ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕު (ޓީއެފްޖީ) ގުޅިގެން ކުރިޔަށް ގެންދާ “ބީއެމްއެލް ވާއު ކިޑްސް ރަން” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ މި ދުވުން ކުރިޔަށް ގެންދާ ތިން ވަނަ އަހަރެވެ. ކުރީ އަހަރުތަކާއި ހިލާފަށް މިފަހަރުގެ ދުވުން ކުރިޔަށް ގެންދަނީ ޗެރިޓީ ރަންއެއް ގޮތަށެވެ.

ދުވުން ކުރިޔަށް ގެންދަނީ ތިން އުމުރު ފުރާއެއްގެ ކުދިންނަށް ބައިވެރިވެވޭގޮތަށެވެ. އެއީ 3-5 އަހަރާ ދެމެދު 5-7 އަހަރާ ދެމެދު އަދި 7-9 އަހަރާ ދެމެދެވެ. ޖުމްލަ 900 ކުދިންނަށް މި ދުވުގައި ބައިވެރިވެވޭނެ އެވެ.

ބީއެމްއެލްއިން ބުނީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުދިން ރަޖިސްޓްރީވުމަށް ރަޖިސްޓްރީ ފީއެއް ދެއްކުމުން މުބާރާތުގައި ބައިވެރިވެވޭނެ ކަމަށެވެ. މީގެ އިތުރުން ބީއެމްއެލްގެ ވެބްސައިޓުގައި މުބާރާތުގައި ބައިވެރިވާ ކުދިންނާއި ބެލެނިވެރިންނަށް ހާއްސަކޮށް ޕޯޓަލްއެއް ގާއިމްކޮށްފައި އެވެ.

އެ ޕޯޓަށް މެދުވެރިކޮށް 2،000 ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދެއް ފަންޑް ރައިޒް ކުރެވޭނެ އެވެ. މި ޕޯޓަށް މެދުވެރިކޮށް ލިބޭ ފައިސާ އާއި ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ލިބޭ ފައިސާގެ 15 ޕަސެންޓު ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ކެއާ ސޮސައިޓީ އަށެވެ.

މި ދުވުމަކީ މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޓީއެފްޖީ އާއި ގުޅިގެން ކުރިޔަށް ގެންދާ ދުވުމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.