ފިޤްހަކީ އަކީ މުކައްލަފުންނަށް ކުރަންޖެހޭ ކަންތައް އަންގައިދޭ ޢިލްމެވެ. އިސްލާމީ ފިޤްހް އަކީ އިސްލާމީ ޝަރީޢަތުގެ އެއްބައެވެ. އިސްލާމީ ޝަރީޢަތަކީ އިންސާނާގެ ދިރިއުޅުން ފުރިހަމަކުރުމަށްޓަކައި މާތްﷲ ބާވާލައްވާފައިވާ ޙުކުމްތަކެވެ. އެހެން ގޮތަކަށް ބުނާނަމަ ޝަރީޢަތަކީ ލަނޑުދަޑިއެވެ. ފިޤްހު އަކީ މި ލަނޑުދަނޑިއަށް ވާޞިލްކުރުމަށްޓަކައި ބޭނުންވާ މަގެވެ.
ފިޤްހު އަކީ މީސްތަކުންނަށް ބޭނުންވާ ހުރިހާ މައިދާންތަކަށް ޢާއްމުވެގެންވާ ޙުކުމް ތަކެކެވެ. އިންސާނާގެ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކައި އެ ހުރިހާކަމެއް ތަންޟީމް ކުރަންޖެހެއެވެ. އިސްލާމީ ފިޤްހު އަކީ މާތްﷲ އެކަލާނގެ އަޅުތަކުންގެ މަސްލަޙަތުތައް ރައްކާތެރިކޮށްދެއްވުމަށްޓަކައި، ޝަރްޢު ކުރައްވާފައިވާ ޙުކުމް ތަކެވެ.
فقه ގެ މާނަ:
فقه ގެ ލަފްޒީ މާނައަކީ އެނގުމެވެ. ދެނެގަތުމެވެ.
އައްނިސާ ސޫރަތުގެ 78 ގެ މާނަގައިވަނީ “ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެކަމަކީވެސް، اللَّه ގެ حضرة ން އަންނަ ކަމެކެވެ. ފަހެ، މިބައިމީހުންނަށް އެއްވެސް ވާހަކައެއް ވިސްނޭން ގާތްވެސްނުވެ އެތިބީ ކީއްވެފައި ބާވައެވެ؟”
ފިޤްހުގެ ގެ ޝަރްޢީ މާނައަކީ: ޝަރްޢީ ޙުކުމް ތައް އޭގެ ތަފްޞީލީ ދަލީލުތަކުން ދެނެގަނެވޭނެ ޢިލްމެވެ. އައްނިސާސޫރަތުގެ 103ގެ މާނާގައިވަނީ:- “ހަމަކަށަވަރުން، ނަމާދަކީ މުއުމިން ތަކުންގެ މައްޗަށް ވަޤުތުކަނޑައެޅިގެންއޮތް ފަރްޟް އެއްކަމުގައި ވެއެވެ.”
މަތީގައިބަޔާންކޮށްފައިވާ”ތަފްޞީލީދަލީލްތަކުގެމާނައަކީ”ކޮންމެ މައްސަލައަކާ ގުޅޭގޮތުން ވާރިދުވެފައިވާ ދަލީލުތަކެވެ. މިއާޔަތުން ދޭހަވަނީ ނަމާދު ވާޖިބުވިކަމެވެ. ނަމާދު ވާޖިބުވުމަކީ ޝަރްޢީ ޙުކުމެކެވެ.ފިޤްހު ޢިލްމުގެ މަސައްކަތަކީ ޝަރްޢީ ޙުކުމްތައްބުނެދިނުމެވެ.
އިސްލާމީ ފިޤްހުބެހިގެންވާބައިތައް:
(1) އަޅުކަމާބެހޭޙުކުމްތައް އެކުލެވިގެންބައިތައް: ނަމާދު،ރޯދަ،ޒަކާތް،ޙައްޖު، މިފަދައަޅުކަމާ ގުޅިފައިވާ ޙުކުމްތަށް ހިމެނޭބައެވެ.
(2) މުދާ ނުވަތަ ފައިސާއާއި ބެހޭ މުޢާމަލާތުގެޙުކުމްތައް އެކުލެވިގެންވާ ބައިތައް: ވިޔަފާރި، ރަހުނު، ކަފާލާތު، ކުއްޔަށްހިފުމާއި، ކުއްޔަށް ދޫކުރުން، ދަރަނި، މިފަދަ ކަންކަމާ ގުޅުން ހުރި ޙުކުމްތައް.
(3) ޢާއިލާއާއި ބެހޭ ޙުކުމްތައް އެކުލެވިގެން ބައި ތައް: މިބައިގައި ހިމެނިގެންދާނީ ކައިވެންޏާ ވަރި އަދި ޢާއިލީ ޙުކުމްތަކާބެހޭ ތަފާތު ޙުކުމްތަކެވެ.
(4) އިޤްތިޞާދާ ބެހޭ ޙުކުމްތައް އެކުލެވިގެންވާ ބައިތައް: ފައިސާ ހޯދޭނެގޮތްތައް، ދައުލަތުގެ ބައިތުލްމާލުގެ ކަންތައް ހިމެނޭބައިތަކެވެ.
(5) ވިޔަފާރިއާއި ބެހޭ ޙުކުމްތައް އެކުލެވިގެންވާ ބައިތައް: ކުންފުނިތަކުގެ ކަންތައް، ލޯކަލްއިންވެސްޓްމަންޓްތަކުގެ ކަންތައްތައް
(6) ޢުޤޫބާތް ތަކާބެހޭ ޙުކުމްތައް އެކުލެވިގެންވާ ބައިތައް: ޖިނާއީކުށްތަކާ،ހުރިހާ ޙައްދުތަކާ ގުޅުންހުރިމައްސަލަތަކެވެ.
(7) ދުސްތޫރީ ކަންކަމާ ބެހޭ ޙުކުމްތައް އެކުލެވިގެންވާބައިތައް: ވެރިކަމުގެ ނިޒާމްގެ އެންމެހައި ކަންތައްތައް، ވެރިން އަދި ރައްޔިތުންގެ ޙައްޤުތަކާ ގުޅުންހުރިތަފާތު މައްސަލަތަކެވެ.
(8) ދައުލަތްތަކުގެ މެދުގައި އޮންނަށްޖެހޭ ޢާއްމުގުޅުންތަކާބެހޭ ޙުކުމްތައް އެކުލެވިގެންވާބައިތައް: އެއްޤައުމު އަނެއް ޤައުމާއި ދެމެދު އޮންނަ ގުޅުންތައް. ހަނގުރާމާއިގެ ޙާލަތަކުގައި ކަންތައްތައް ކުރާނެގޮތްތައް. ޞުލްޙަ ކުރަންޖެހޭނެ ޙާލަތްތަކާ،މިފަދަ ކަންތަކާ ގުޅުންހުރި މައްސަލަތަކެވެ.
(9) ދައުލަތްތަކުގެ މެދުގައި އޮންނަށްޖެހޭ ޚާއްޞަގުޅުންތަކާބެހޭ ޙުކުމްތައް އެކުލެވިގެންވާބައިތައް: ޣައިރު މުސްލިމު ދައުލަތްތަކާއި، މުސްލިމް ދައުލަތްތަކާއި ދޭތެރޭ އޮންނަށްޖެހޭގުޅުންތަކާ، މުސްލިޤައު ތަކަށް ވަންނަ ޣައިރު މުސްލިމު ންނާއި ދޭތެރޭ އޮންނަށްޖެހޭ ގުޅުމާ، ދާއިމީ ގޮތެއްގައި އިސްލާމީ ޤައުމުތަކުގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި ދޭތެރޭ އޮންނަށްޖެހޭ ގުޅުމާއި، ކަންތައް، އިސްލާމީ މުޖްތަމަޢުގައި ވަގުތީގޮތުން އުޅޭމީހުންގެ ކަންތައްތައް، މުޙާރިބުން ގެ ޙުކުމްތައް، އިސްލާމީ ދައުލަތްތަކާއި ދޭތެރޭ ހަގުރާމަ އޮންނަ ޤައުމުތަކާ ގުޅުންހުރިމައްސަލަތަކެވެ.
(10) ޤަޟާއާބެހޭޙުކުމްތައްއެކުލެވޭބައިތައް: ޢަދުލްއިންޞާފްގެ ދާއިރާއާގުޅުންހުރި ޙުކުމްތައް އެކުލެވިގެންވާ ބައިތަކެވެ. ޤާޟީ ޢައްޏަންކުރާނެގޮތާ، ހުކުމް ކުރާނެގޮތާ، ޤާޟީނާ ގުޅުންހުރިތަފާތު ޙުކުމްތައް އެކުލެވިގެންވާ ބައެވެ.
فقه ގެ މަސްދަރުތައް:-
(1) ކީރިތި قران : (محمد صل الله عليه وسلم ގެ އަތްޕުޅު މައްޗަށް ޖިބްރީލްގެފާނު މެދުވެރިކުރައްވާ މާތްﷲ ބާވާލައްވާފައިވާ އެކަލާގެ ކަލާމްފުޅު).
(2) ކީރިތި ރަސޫލާގެ ސުންނަތް: (ސުންނަތަކީ ކީރިތި ރަސޫލާގެ އަރިހުން ނަކަލުކުރެވިފައިވާ حديث ފުޅުތަކާއި (ބަސްފުޅުތައް) އެކަލޭގެފާނު ކުރެއްވި ކަމަށް އެނގިފައިވާ ކަންތައްތަކާއި، އެކަލޭގެފާނުންގެ އަރިހުގައި ނުވަތަ އެކަލޭގެފާނަށް އެނގިވަޑައިގެން ކަމެއް ހިނގާ، އެކަމެއް މަނާނުކުރައްވާ ކޮންމެ ކަމެކެވެ.
(3) اجماع : (اجماع އަކީ شرعي حكم ތަކާއިމެދު އިސްލާމީ އުއްމަތުގެ (މުޖްތަހިދުން) ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ އެއްބަސްވެ ވަޑައިގަތުމެވެ).
(4) قياس ކުރުން: (قياس ކުރުމަކީ شرعي حكم އެއް އެކަމާއިމެދު ނެތްކަމެއްގެ حكم ކަޑައެޅުމުގައި شرعي حكم އެއް އޮތްކަމެއްގެ މައްޗަށް ބަލައިގެން ޙުކުމް ކުރުމެވެ. (މިސާލު: ރަލުގެ ޙުކުމާއި އެއްގޮތަށް މަސްތުވާ އެހެނިހެން ތަކެތީގެ ޙުކުމް ކަޑައެޅުން).
ފިޤްހީބައެއްމުސްޠަލްޙްތައް: (ޓާމިނޮލަޖީތައް)
(1) الواجب (އަލްވާޖިބް) ވާޖިބުކަމަކީ އެކަމެއް ކުރުން ލާޒިމްވާގޮތަށް شريعة ން އަންގަވާފައިވާ ކޮންމެކަމެއް.
(2) الحرام (އަލްޙަރާމް) އެކަމަކީ شريعة ގައި މުޅިން މަނާކުރައްވާފައިވާ ކޮންމެކަމެއް.
(3) المكروه (އަލްމަކްރޫހް)އެކަމަކުން ދުރުހެލިވުމަށް ލާޒިމްނުވާގޮތަށް ކަމެއް ނުކުރުމަށް شريعة ން އަންގަވާފައިވާ ކޮންމެކަމެއް.
(4) المندوب (އަލްމަންދޫބް) އެކަމެއް ކުރުން ލާޒިމް ނުވާގޮތަށް ކަމެއްކުރުމަށް شريعة ން އަންގަވާފައިވާ ކޮންމެ ކަމެއް.
(5) المباح (އަލްމުބާޙް) އެކަމެއް ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ، މުކައްލަފުންނަށް ދެއްވާފައިވާ ކޮންމެކަމެއް.
(6) الفرض (އަލްފަރްޟް) حنفي مذهب ގެ ޢިލްމުވެރިން ވިދާޅުވަނީ ފަރުޟަކީ قطعي ދަލީލުތަކުގެ މައްޗަށް ބިނާކުރާ ޙުކުމްތަކެވެ.
* މިސާލު: ފަރުޟަކީ ނަމާދުގައި ގުރުއާން ކިޔެވުން.
* ވާޖިބަކީ ظنِّي ދަލީލުން ސާބިތުވާ ކަންކަމެވެ. މިސާލު: ނަމާދުގައި ފާތިޙާ ސޫރަތް ކިޔެވުން.
* ޝާފިޢީ مذهب ގައި ވާޖިބަކީ ޙައްޖުގެ އަޅުކަންތަކުގައި ފިޔަވައި، ވަޖިބާއި ފަރުޟު އަކީ ހަމަ އެއްކަމެކެވެ.
* ޙައްޖުގައި ފަރުޟެއް އަދާނުކުރުމުން ނުވަތަ ފާއިތުވުމުން ޙައްޖު ނުވެވޭ ކަންކަމެވެ. މިސާލު: ޢަރަފާތުގައި މަޑުނުކުރެވިއްޖެނަމަ ޙައްޖު ނުކުރެވުމެވެ.
(7) ކިފާޔަތުގެ ފަރުޟު: މުސްލިމުންގެތެރެއިން ބަޔަކު އަދާކުރުމުން، އެންމެންގެ މަތިން އެކަން އަދާކުރުމުގެ ޒިންމާ ކެޑިގެންދާ ކަންކަމެވެ.
(8) ޢައިނިއްޔާ ފަރުޟު : ކޮންމެ މުކައްލިފަކަށް ވެސް އަމިއްލައަށް އަދާކުރަންޖެހޭ ވާޖިބުތެކެވެ.
(9) ރުކުން : ކުރަންޖެހޭ ކަމެއްގައި ހިމެނޭ ކުރުން ވާޖިބު ކަންތައް.
(10) ޝަރުޠު : އެކަމެއް ޙާޟިލްނުވިނަމަ ޙުކުމް ޙާޞިލްނުވާ، އެކަމެއް ޙާޞިލްވިޔަސް ކޮންމެހެން ޙުކުމް ޙާޞިލްވާން ނުޖެހޭ ކަންތަކެވެ.
ފާސިދު އާއި ބާޠިލް:
* ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުން ބާޠިލް އާއި ފާސިދު އަކީ އެއްކަމެކެވެ. އަޅުކަމުގެ މުޢާމަލާތްތަކުގައި އެއްވެސް ތަފާތެއްނެތެވެ.
* ޙަނަފީ މަޛުހަބުގައި ވެސް މި 2 ކަން އަޅުކަމުގައި ތަފާތެއްނެތެވެ. އެހެންނަމަވެސްތަފާތުވަނީ މުޢާމަލާތް ތަކުގައެވެ.
* ބާޠިލް މުޢާމަލާތަކީ ރުކުންތަކުގެ ތެރެއިން ރުކުނެއް އުނިވެފައިވާ މުޢާމަލާތެވެ.
ފާސިދު މުޢާމަލާތަކީ ރުކުންތައް ފުރިހަމަވެފައި އެކަމަކު ޝަރުޠުތަކުގެތެރެއިން ޝަރުޠެއް އުނިވެފައިވާ މުޢާމަލާތެވެ.