ޑެންގީ ހުން ފެތުރޭތީ މަދިރި އުފެދޭ ތަންތަން ނައްތާލަނީ

މި ދުވަސްވަރު ޑެންގީ ހުން ފެތުރެމުންދާ ފަރާތްތައް އިތުރުވަމުންދާތީ، އެ ބަލި ޖައްސާ މަދިރި ކޮންޓްރޯލްކުރަން ރަށުތެރެ ސާފުކުރަން ނިންމައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނިގޮތުގައި މިދުވަސްވަރު ބ. އަތޮޅުގެ ރަށްތަކުންނާއި އޭދަފުށިން ޑެންގީ ހުން ޖެހޭ މީހުން އިތުރުވަމުންދަނީ އިތުރުވަމުންނެވެ.

އެހެންވެ، ބަލި ކޮންޓްރޯލް ކުރުމަށް އަންނަ އާދީއްތަ ދުވަހު މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމަށް ސަރުކާރު އޮފީސްތަކާއި ޖަމިއްޔާތަށް ގުޅިގެން ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

ހޮސްޕިޓަލުން ބުނި ގޮތުގައި މިޕްރޮގްރާމު ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހު ހެނދުނު 8:30 އިން 10:30 އަށެވެ.

އަތޮޅު ހޮސްޕިޓަލުން ބުނީ ވާރޭ ވެހި، އެކި ތަންތަނުގައި ހަރުލާފައި ހުންނަ ފެނުގައި ގިނައިން މަދިރި އާލާވާނެ ކަމަށާއި އެހެންވެ، މިކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެދޭ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިއަހަރު ފެށުނީއްސުރެ ވެސް މިއަތޮޅު ޑެންގީ ކޭސްތައް ދަނީ ފެންނަމުންނެވެ، އަދި ޑެންގީ ޖެހިގެން ހާލު ސީރިއަސް ވުމުގެ ސަބަބުން ބައެއް މީހުން މާލެ އަށް ގެންގޮސް ވަނީ ފަރުވާދީފަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު އިތުރު ވާތީ، ޑެންގީއާ މެދު ރައްކާތެރިވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) މިދިޔަމަހު ފަހުކޮޅު ވަނީ އިލްތިމާސް ކޮށްފަ އެވެ.

ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި ހުން އައުމާއި ބޮލުގައި ރިއްސުމުގެ އިތުރުން ހަމުގައި ރަތް ކުލައިގެ ބިހިތަކެއް ނަގާފައި ހުރުން ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.