ފޭލި ޖަމިއްޔާ ބާއްވާ ޤުރްއާން ކިޔެވުމުގެ މުބާރާތް އަންނަމަހުގެ 10 ވަނަ ދުވަހު ފަށާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
މިއީ ރަމަޟާން މަހާ ގުޅުވައިގެން ފޭލި ޖަމިއްޔާއިން މި މުބާރާތް މެދުނުކެނޑި ބާއްވާތާ 16 ވަނަ އަހަރެވެ.
އެ ޖަމިއްޔާއިން ބުނީ ދެ ގޮތްޕަކަށް ބަހާލައިގެން ކުރިއަށްގެންދާ ހަތަރު އަހަރުން ފެށީގެން 350 އަހަރުން މައްޗަށް މި މުބާރާތުގައި މިއަހަރު 280 އަށް ވުރެ ގިނަ މީހުން ވާދަކުރާ ކަމަށެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އޮންނަ މި މުބާރާތުގެ ކިޔެވުން ތިން ދުވަހަށް ދެމިގެންދާނެ އެވެ.
ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ގުރުއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި އެކަމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތުގައި ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ ކޮންމެ ބަޔަކުން އެކި އުމުރުފުރާތަކުން އެންމެމޮޅު ތިން ބައިވެރިންނާއި މުޅި މުބާރާތުން ދެ ބައިން އެންމެ މޮޅު ތިން ބައިވެރިން ހޮވާނެ އެވެ.
މުބާރާތުގެ ބައިވެރިންގެ ލިސްޓް ފޭލި ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ބެލޭނެ ގޮތް ވަނީ ހަދައިފަ އެވެ.