އަހްމަދު ޝިފާޢު ނިޔާވެއްޖެ

އަހްމަދު ޝިފާއު (ސަންޖު)

ބ. އޭދަފުށީ އަންނާރުމާގެ އަހްމަދު ޝިފާއު (ސަންޖު) މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.

ކެންސަރު ބަލީގައި ގިނަ ދުވަސްތަކެއް ތަހައްމަލު ކުރަމުން އައި ޝިފާޢު، އުމުރުން 42 އަހަރުގައި ނިޔާވީ އިތުރަށް ހާލު ސީރިއަސްވެގެން ރޯދަ މަސް ފެށުމުގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނު 7:15 ހާއިރު އެވެ.

އާންމުންނާ ވަރަށް އެކުވެރިކޮށް ދިރިއުޅުނު، ޝިފާއު ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެމްޓީސީސީ ފެރީގައި ކައްޕިއެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އައި އެޓޮލް ކިއުޓް ފެރީ މާލޭ އެޖެންޓެއްގެ ގޮތުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އޭނާ މަސައްކަތް ކުރި އެވެ.

އޭނާ ނިޔާވި އިރު އަންބަކާއި ތިން އަހަރުގެ އަންހެން ދަރިއަކު ދުނިޔޭގައި ހުއްޓެވެ.

ޝިފާއުގެ މައްޗަށް ކުރާ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި އޮންނާނެ އެވެ.

އަލްމަރުޙޫމް އަހްމަދު ޝިފާއުގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ. އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. އަޒްލީމް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎
    ގެއްލިގެން ދިޔައީ ވަރަށް ބޮޑު އެސެޓެއް. ހެޔޮލަފާ މަސައްކަތްތެރި ދަރިޔެއް.
    އަލްމަރުޙޫމް އަހްމަދު ޝިފާއުގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.