އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން އަނެއްކާވެސް ބޮޑުކޮށްފި އެވެ.
އެ ކުންފުނިން ބުނީ ޑީސަލް ލިޓަރަކުން 41 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 35 ލާރި މިއަދުން ފެށިގެން ބޮޑުކޮށްފައިވާ ކަމަށެވެ.
އެސްޓީއޯއިން މި ގެނައި ބަދަލާއެކު، މިހާރު ޕެޓްރޯލާއި ލީޓަރެއް ވިއްކާނީ 10.77ރ. އަށް ކަމަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 11.13ރ. އަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގު ބޮޑުކޮށްފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. އެ ފަހަރު ވެސް ވަނީ ޑީސަލް އަދި ޕެޓްރޯލް ލިޓަރަކުން 31 ލާރި ބޮޑުކޮށްފަ އެވެ.
“ތެޔޮ ވިއްކާ އަގަށް ބަދަލު ގެނައި ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެންނެވެ،” އެސްޓީއޯއިން ނެރުނު ބަޔާނުގައިވެ އެވެ.
މިއީ މި އަހަރުގެ ތެރޭގައި އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލު ގެނައި ހަތަރު ވަނަ ފަހަރެވެ.